ޚަބަރު

އިންތިޚާބު ދަނީ ޖުމްލަކޮށް ރަނގަޅަށް: ފައްޔާޒު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިޚާބުގެ ކަންކަން ޖުމްލަގޮތެއްގައި ދަނީ ރަނގަޅަށް ކަމަށް އެމްޑީޕީގެ ޗެއަރޕާރސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިންތިޚާބުގެ ކަންކަމާއި ބެހޭގޮތުން "ދެން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ ވޯޓު ފޮށިތަކަށް ހަމަލާ ދިނުން އެއީ ރޭވިގެން ކުރިއަށް ގެންދާ ކަމެއްކަމަށެވެ.

"ޖުމްލަ ގޮތެއްގައި ރަނގަޅު އެހެންނަމަވެސް ރޭވިގެން ފޮށިތަކަށް އެޓޭކް ކުރުމަށް ކަންތައްތަކެއް ހިނގާ އެބަ" ފައްޔާޒް ވިދާޅުވިއެވެ.

މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބު ހޫނުވެ، ބައެއް ރަށްރަށުގައި ވޯޓުފޮށިތައް ފަޅަން ފަށައިފައިވާއިރު މިއަދު ހެނދުނު ފެށިގެން ކުރިއަށްދާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ތެރެއިން ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ފަރާތްތަކާއި އޮބްޒާވަރުންތަކެއް ހައްޔަރުކޮށްފި ކަމަށާއި އެމީހުން ވަގުތުން ވަގުތަށް ދޫކޮށްލުމަށް އެމަނިކުފާނު ވަނީ ގޮވާލައްވައިފައެވެ.

އެހެންނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ފަރާތްޕުޅުން ދަނީ އެ ތުހުމަތުތައް ދޮގު ކުރައްވައި، އިންތިޚާބު ގަޑުބަޑު ކުރަނީ ވާދަވެރި ކެންޑިޑޭޓް ރައީސް ނަޝީދުގެ ސަޕޯޓަރުން ކަމަށް ވިދާޅުވަމުންނެވެ.

ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިއަދު އިރުއޮއްސި 6 ޖެހުމާއި ހަމައަށެވެ. މަޢުލޫމާތު ލިބޭ ގޮތުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ 57،000 މީހުންގެ ތެރެއިން މިހައިތަނަށް 30،000 އަށްވުރެ ގިނަ މީހުން ވަނީ ވޯޓުލައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!