Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ވޯޓް ފޮއްޓަށް އިތުރަށް ވޯޓް އަޅާފައިވާ ކަމުގެ ތުހުމަތު ރައީސް ނަޝީދު ކުރައްވައިފި

ވޯޓް ފޮއްޓަށް އިތުރަށް ވޯޓް އަޅާފައިވާ ކަމުގެ ތުހުމަތު ރައީސް ނަޝީދު ކުރައްވައިފި

މިއަދު ކުރިޔަށް ދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓް ފޮއްޓަށް، ވޯޓްލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ އިތުުރަށް ވޯޓް އަޅާފައިވާ ކަމުގެ ތުހުމަތު އިންތިޚާބުގައި ވާދަކުރެއްވި އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ކުރައްވައިފިއެވެ.

މި އިންތިޚާބުގައި މިހާތަނަށް ފަންސަވީހަކަށް ފޮށި ނޫން ހުރިހާ ވޯޓު ފޮއްޓެއް ވަނީ ގުނައި ނިމިފައިއެވެ.  އިންތިޚާބުގައި 22،000 މީހުން ވޯޓާއެކު 61 ޕަސެންޓުން ކުރީގައި ވަގުތީ ނަތީޖާއިން އުޅުއްވަނި ރައީސް ޞާލިޙެވެ. ރައީސް މުހަންމަދު ނަޝީދަށް ލިބިވަޑައިގެންފައި ވަނީ ގާތްގަނޑަކަށް 14،000 ވޯޓެވެ.

އިންތިޚާބުގެ ނަތީޖާއާ ގުޅިގެން މިއަދު އެމްޑީޕީގެ ވަޓްއަޕް ގްރޫޕްތަކަށް ފޮނުވި މެސެޖެއްގައި ރައީސް ނަޝީދު ވަނީ އިންތިޚާބުގައި ބައެއް ފޮށިތަކަށް އިތުރަށް ވޯޓްލާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ނަތީޖާއިން ބޮޑު ފަރަގެއް ދައްކަނީ އެހެންވެ ކަމަށާއި ގިނަ ފޮށިތަކުން ކުރީގައި އުޅުއްވަނީ އެމަނިކުފާނު ކަމަށް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

"އަޅުގަނޑުމެން މިދަނީ ނަތީޖާ ޝީޓްތައް ބަލަމުން. ބޮޑު ފަރަގެއް އެ ދައްކަނީ މަދު ބައެއް ތަންތަނުން އާދަޔާ ޚިލާފަށް ގިނަ ވޯޓު ފޮށީގައި ހުރީމަ." ރައީސް ނަޝީދު ވިދާޅުވިއެވެ.

އެ ގޮތުން މާލެ HT-1 ފޮށީގެ ވަގުތީ ނަތީޖާ ޝީޓެއް ވަނީ ގްރޫޕަށް ފޮނުވާފައެވެ. އެ ޝީޓްގައިވާ ގޮތުން އެފޮއްޓަށް ވޯޓް ލުމުގެ ޙައްޤު ލިބިގެންވަނީ 113 މީހުންނަށެވެ. ނަމަވެސް 158 މީހަކު އެ ފޮއްޓަށް ވޯޓް ލާފައިވެއެވެ.

އޭގެ އިތުރުން RT-1 ފޮށީގައި 227 މީހަކަށް ވޯޓް ލުމުގެ ޙައްޤު ލިބިފައިވާއިރު 239 މީހަކު ވޯޓް ލާފައިވުމާއި، FT-2ގައި 185 މީހުންގެ ބަދަލުގައި 231 މީހަކު ވޯޓް ލާފައިވުމާއި، DT-2ގައި 230 މީހުްނގެ ފޮއްޓަކަށް 241 މީހަކު ވޯޓް ލާފައިވާތީ، އެކަމާ ގުޅިގެން ދަނި ނަޝީދުގެ ސަޕޯޓަރުން މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރައީސް ނަޝީދު މި އިންތިޚާބުގެ ނަތީޖާ ޤަބޫލުފުޅު ކުރައްވާނެކަން ނުވަތަ ނޫންކަން ވިދާޅުވެފައެއް ނުވެއެވެ. ވިދާޅުވީ، ފުރަތަމަ ޖެހޭނީ ނަތީޖާ ބައްލަވަން ކަމަށާއި އޭގެ ފަހުން ގޮތެއް ނިންމަވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް