ޚަބަރު ބޮލީވުޑް މުނިފޫހިފިލުވުން

ކަރީނާ އާއި ސައިފްއަށް ދެވަނަ ދަރިއަކު ލިބެނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ ކަރީނާ ކަޕޫރު ޚާން އާއި އޭނާގެ ފިރިމީހާ ސައިފް އަލީ ޚާން އަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން އެމީހުން އިއުލާނު ކޮށްފިއެވެ.

Ads by MWSC

މިދެމަފިރިންނަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަމުގެ އަޑުތަކެއް އަރާފައިވަނިކޮށް، މިއަދު ސައިފްއާއި ކަރީނާ ވަނީ މިކަން ރަސްމީކޮށް އިއުލާނު ކޮށްފައެވެ.

އެގޮތުން އެދެމަފިރިންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމީހުންގެ އާއިލާއަށް އިތުރު މެންބަރެއް އަންނަން އުޅޭކަމުގެ ޚަބަރު އުފަލާއެކު އިއުލާނު ކުރާ ކަަމަށެވެ.

އެދެމަފިރިންގެ ފުރަތަމަ ދަރިފުޅު ތައިމޫރް އަލީ ޚާންް އާއި ކުއްތާއަކާ އެކުގައި ނަގާފައި އިން ފޮޓޯއަކާއެކު މިޚަބަރު ޓްވިޓާގައި ހިއްސާ ކުރުމުން ބައެއް މީހުން ހީކުރީ އެދެމަފިރިން އެއާއިލާއަށް ކުއްތާއެއް ގެންނަން އުޅެނީ ކަމަށެވެ. ނަމަވެސް ކަރީނާ އިނީ ބަލިވެ ކަމަށާއި އެދެމަފިރިންނަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަމަށް އިންޑިއާގެ ނޫސްތަކުގައި މިހާރު ވަނީ ޝާއިޢު ކޮށްފައެވެ.

ކަރީނާ ބަލިވެ އިނުމާއި ގުޅޭގޮތުންް "އީ-ޓައިމްސް" އަށް މައުލޫމާތު ދެމުން، ކަރީނާގެ ބައްޕަ ރަންދީރް ކަޕޫރު ބުނެފައިވަނީ އެއީ ތެދު ޚަބަރެއް ކަމަށް އުންމީދުކުރާ ކަމަށާއި "އެއް ކުއްޖަކު އަނެއް ކުއްޖަކާއިއެކު އުޅުމަށްޓަކައި ދެ ދަރިން ތިބެން ޖެހޭ" ކަމަށެވެ.

ކަަރީނާ އާއި ސައިފް ކައިވެނި ކޮށްފައިވަނީ 2012 ވަނަ އަހަރުގައެވެ. އެދެމަފިރިންގެ އެންމެ ފުރަތަމަ ދަރި، ތައިމޫރް ލިބިފައިވަނީ 2016 ވަނަ އަހަަރުގައެވެ.

Ads by HDC
  1. ވާނުވާ

    ނަމުގަ ސައިފުއަކީ މުސްލިމެކޯ ހިންދޫ އަކާއިދެގެން ކުއްތާ ގަ އުގުޅެނީ. އހ

  2. ރަންބީރު

    ދެން؟؟؟ ބެރު ޖަހަންވީ؟؟؟

    • ރަންބިރު ކީ ފޭން

      ބެރު ޖަހަން ޖެހެނެ އެއްނު ތީ އެ ކުއްޖާގެ މާމޫ ވިއްޔާ