ފެލިދުއާ ކެޔޮދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ބަޔަކާ ހަވާލުކޮށްފި
ވ. ފެލިދޫ އާއި ވ. ކެޔޮދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު 33.7 މިލިއަން ރުފިޔާއަށް މިއަދު ބަޔަކާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސާސް-އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
އެ މަޝްރޫއުގެ ދަށުން ފެލިދޫގައި 165 މީޓަރުގެ ބޮޑުހިލައިގެ ވައި-ގްރޮއިން ޖަހައި، 129 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖަހައި، 131 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓެއް ހަދާނެވެ. އަދި 15،000 ކޮޑިމީޓަރުގެ ވެލިން ގޮނޑުދޮށް މުއްސަނދިކުރާނެއެވެ.
މީގެ އިތުރުން ކެޔޮދޫގައި 280 މީޓަރުގެ ބޮޑުހިލައިގެ ވައި-ގްރޮއިން ޖަހައި، 120 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓާ ޖެހުމުގެ އިތުރުން 20،000 ކޮޑިމީޓަރުގެ ވެލިން ގޮނޑުދޮށް މުއްސަނދި ކުރާނެއެވެ.
އެ ދެ ރަށުގެ ގޮނޑުދޮށް ހިމަޔާތް ކުރުމުގެ މަޝްރޫ ސާސް-އީ ކުންފުންޏާ ހަވާލުކުރީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.