Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޕެންޝަން އޮފީހުގެ ބޯޑަށް މެމްބަަރަކު ހޯދަނީ

ޕެންޝަން އޮފީހުގެ ބޯޑަށް މެމްބަަރަކު ހޯދަނީ

ޕެންޝަން އޮފީހުގެ ބޯޑަށް، އާންމު މެމްބަރަކު ހޯދުމަށް އިޢުލާނު ކޮށްފިއެވެ.

މި މަޤާމަށް މީހަކު ހޯދަނީ، ޕެންޝަން ބޯޑުގައި އާންމުން ތަމްސީލުކުރާ ޑިރެކްޓަރުންގެ ތެރެއިން އެކަކު މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެގޮތުން މި ކަމަށް ޝައުގުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 16 އާ ހަމައަށް ވަނީ ހުޅުވައިލެވިފައިވާއިރު، މި ކަމަށް އެދޭ ފޯމް ޕެންޝަން އޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

Advertisement
Allied Insurance — Square (box)

ޕެންޝަން އޮފީހުގެ ބޯޑްގައި ޖުމްލަ އަށް މެމްބަރުން ތިއްބަވައެވެ. އޭގެ ތެރެއިން ޕްރައިވެޓް ސެކްޓާއިން ބޯޑްގައި ހަތަރު މެމްބަރަކު ހިމެނެއެވެ.

ޕެންޝަން އޮފީހުގެ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ، ބޯޑުގެ ޗެއާޕާސަނާއި ސެކިއުރިޓީސް މާކެޓް ރެގިއުލޭޓަގެ އިސް މުވައްޒަފަކާއި، ފިނޭންސް މިނިސްޓްރީގެ ސިވިލް ސާވިސްގެ އިސް މުވައްޒަފަކާއި، ސޯޝަލް ސެކިއުރިޓީއާ ބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި އަދި ދައުލަތުގެ ނުވަތަ ސަރުކާރުގެ ވަޒީފާއެއް އަދާނުކުރާ ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ ހަތަރު މެމްބަރުންނެެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް