Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ނަރީޝްގެ ދައުރުވަމުންދާ ވީޑިއޯގެ ޙަޤީޤަތް ކިޔާދެއްވައިފި

ނަރީޝްގެ ދައުރުވަމުންދާ ވީޑިއޯގެ ޙަޤީޤަތް ކިޔާދެއްވައިފި

މިއަދުގެ މުޒާހަރާގެ ތެރެއިން ދައުރުވަމުންދާ ވީޑިއޯގައި ފެންނަ މަންޒަރުގެ ހަޤީޤަތް އޮޅުވާލާ ޚަބަރުތައް ގެނެސްދީފައިވާ ކަމަށް ވިދާޅުގެ، ކަން ހިނގާދިޔަ ގޮތް މާލޭގެ ޑެޕިއުޓީ މޭޔަރުގެ އަޙްމަދު ނަރީޝް ކިޔާދެއްވައިފިއެވެ.

މިއަދުގެ މުޒާހަރާގެ ތެރެއިން ނަރީޝް ބޭއަދަބީ އިޝާރާތެއް ކުރާ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ. އެއާއެކު ބައެއް މީޑިއާތަކުން ވަނީ ނަރީޝް ފުލުހުންނަށް ފުރައްސާރަ ކުރި ކަމަށް ބުނެ، އެ ވާހަކަ ރިޕޯޓްކޮށްފިއެވެ. މިއަދުގެ މުޒާހަރާގެ ތެރެއިން ނަރީޝް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެޗެ.

ނަރީޝް މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، އެ ވީޑިއޯއިން ފެންނަނީ، އެސްއޯ ފުލުހުން އޭނާގެ ކުރިމަތި ފަރާތުގެ ހިފާ ފޫކޮޅުގެ ހިފާފައިވާތީ އެކަހަލަ ކަންކަން ކުރުމަކީ ފުލުހުންގެ ޒިންމާ އަދާކުރާގޮތަކީތޯ އާއި އަދި އެކަހަލަ ކަން ކަން އެގޮތަށް ނުކުރުމަށް ފުލުހުންގެ ކިބައިން އެދޭ ވީޑިއޯ އެއް ކަމަށެވެ.

Advertisement
Allied — Dhen Online (box)

އަދި  މިސަރުކަރުން އެއްޖިންސުން ގުޅުން ހިންގާ މީހުން ހިމާޔަތްކުރާ ކަމަށާއި އެކަން އެގޮތަށްކޮށް ފުލުހުން މިހާރު ނިކުމެ އެފަދަ ކަންކަން ކުރުން ހުއްޓާލުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ގޮވާލާ ކަމަށް ނަރީޝްގެ ޕޯސްޓްގައި ވިދާޅުވިއެވެ.

މިއަދުގެ އިދިކޮޅުން މުޒާހަރާކޮށްފައިވަނީ ރައީސް ޞާލިޙްގެ ރިޔާސީ ބަޔާން އިއްވުމާ ދެކޮޅަށެވެ. މުޒާހަރާގެ ބައިވެރިން މަސައްކަތްކޮށްފައިވަނީ މަޖިލީހުގެ ކައިރީގައި މުޒާހަރާ ކުރުމަށެވެ. ނަމަވެސް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް، މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް