Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މިދިޔަ އަހަރު ފެމިލީ ކޯޓްގައި 2،514 ކައިވެންޏާއި 1،346 އަށް ވުރެ ގިނަ ވަރި

މިދިޔަ އަހަރު ފެމިލީ ކޯޓްގައި 2،514 ކައިވެންޏާއި 1،346 އަށް ވުރެ ގިނަ ވަރި

މާލޭގައި ކައިވެނިކޮށްދެމުން އަންނަ ފެމިލީ ކޯޓުން މިދިޔަ އަހަރު އެކަނި 2،514 ކައިވެނިކޮށް، 1،346 ފަހަރު ވަރިކޮށްދީފައިވާ ކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.

މިދިޔަ އަހަރު އެ ކޯޓުންކޮށްދިން ކައިވެނީގެ އަދަދުގެ ދެ ބައި ކުޅަ އެއްބަޔަށް ވުރެ ގިނަ އަދަދަކަށް ވަނީ ވަރިކޮށްފައެވެ.

ފެމިލީ ކޯޓުން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެންމެ ގިނައިން ވަރިކޮށްފައިވަނީ ކޯޓުން ބޭރުގައެވެ. މިގޮތުން ކޯޓުން ބޭރުގައި ވަރިކުރުމަށްފަހު ވަރި ސާބިތު ކުރުމަށް 662 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި ފިރިހެނުންގެ ފަރާތުން ވަރިވުމަށް އެދި 660 މައްސަލައެއް އަދި ވަރިކުރުމަށް 312 މައްސަލައެއް މިދިޔަ އަހަރު ހުށަހަޅާފައިވެއެވެ. އޭގެ އިތުރުން ވަރިއާ މެދު ޝައްކުވެގެން ވެސް 18 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅިއެވެ.

Advertisement
Ooredoo — Truecaller (box)

މިދިޔަ އަހަރު ރާއްޖެއިން ބޭރުގައި ކުރި 184 ކައިވެންޏެއް މިދިޔަ އަހަރު ފެމިލީ ކޯޓުން ރަޖިސްޓްރީކޮށްދިނެވެ. އެއީ މިދިޔަ އަހަރު ހުށަހެޅި 176 ކައިވެންޏާއި އޭގެ ކުރިން ހުށަހެޅި ބައެއް ކައިވެންޏެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް