ރައީސް ޔާމީނަށް “ރައީސް”ގެ ނަމުން މުހާތަބު ކުރުމަކީ ގާނޫނީ ކުށެއް: ނިހާދު

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރައީސްގެ ނަމުން މުހާތަބު ކުރުމަކީ ގާނޫނީ ކުށެއް ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީނަށް ރައީސްގެ ނަމުން މުހާތަބު ކުރުމަކީ ގާނޫނީ ކުށެއް ކަމަށެވެ.
ނިހާދަކީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމާއި އެ މަނިކުފާނުގެ ސިޔާސަތުތަކަށް އަބަދުވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ.
ދާދިފަހުން ނިހާދު ކުރެއްވި ޓުވީޓެއްގައި ވަނީ އިދިކޮޅު ޕީޕީއެމަށް، އަނެއްކާވެސް ވެރިކަން ލިބިއްޖެނަމަ، ދެން ދުވަހަކު ވެސް ސަލާމަތްނުވާނެކަމަށް ވިދާޅުވެފައެވެ.