Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މޫލީގެ ސްވީޓް ސަޕްރައިޒް ޕްރޮމޯޝަން ފަށައިފި

މޫލީގެ ސްވީޓް ސަޕްރައިޒް ޕްރޮމޯޝަން ފަށައިފި

އުރީދޫގެ އޮންލައިން ޝޮޕް މޫލީ މެދުވެރިކޮށް ބޭނުން މީހަކަށް ހަދިޔާ ފޮނުވޭ "ސްވީޓް ސަޕްރައިޒް" ޕްރޮމޯޝަން ފަށައިފިއެވެ.

އެ ޕްރޮމޯޝަނުގައި ހިމެނޭ ޚާއްސަ ހަދިޔާތައް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި މީހަކަށް ވެސް ފޮނުވޭނެ އެވެ. ޕްރޮމޯޝަނުގައި ހިމެނޭ ހަދިޔާތަކުގެ ތެރޭގައި ލެ ޕާފިއުމްގެ އެންމެ މަގުބޫލު ސެންޓުގެ ބްރޭންޑުތަކާއި ކެކްޓަސްގެ މާބޮނޑި އާއި ނޯޑީސް ކޮފީގެ ކޮފީ ގްރައުންޑް ބްލޭންޑްސް އަދި ސްޕޭސްގެ ބްރައުނީ ހިމެނެއެވެ.

"ސްވީޓް ސަޕްރައިޒް"ގެ ދަށުން ހަދިޔާ ފޮނުވަން މޫލީ އޮންލައިން ޝޮޕަށް ވަނުމަށް ފަހު "ސްވީޓް ސަޕްރައިޒް" ކެޓަގަރީ ހިޔާރުކުރުމަށް ފަހު، އެ ކެޓަގަރީން ފޮނުވަން ބޭނުންވާ ހަދިޔާތައް ހިޔާރުކޮށް ކާޓަށް ލުމަށް ފަހު، ކާޓުން ޗެކްއައުޓްކޮށް ޑެލިވާ ކުރަން ބޭނުންވާ އެޑްރެސް ޖެހުމުން އެ ހަދިޔާ އެ ފަރާތަކަށް ޑެލިވާ ކޮށްދޭނެ އެވެ. އޯޑަރު ކޮންފާމްކޮށް ޑެލިވާ ކުރާނީ ފައިސާ ދެއްކުމުންނެވެ.

Advertisement
Allied Insurance — Square (box)

"ސްވީޓް ސަޕްރައިޒް" ޕްރޮމޯޝަން ކުރިއަށް ދާނީ ބުދަ ދުވަހުގެ ނިޔަލަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް