ޚަބަރު

ހިލޭ ސާބަހަށް ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

މިސްކިތްތަކުގައި ހިލޭ ސާބަހަށް ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގުމަށް ނިންމައި އުޔޫން އިންސްޓިޓިއުޓް އާއި މާލެ ސިޓީ ކައުންސިލާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Ads by STELCO

މި އެއްބަސްވުމަކީ މާލޭ ސިޓީގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ތެރެއިން 18 އަހަރުން ދަށުގެ ކުޑަ ކުދިންގެ ތެރެއިން ޤުރުއާން ހިތުދަސްކުރުމަށް ބޭނުންވާ ކުދިންނަށް ޤުރުއާން ހިތުދަސްކުރުމުގެ ހުނަރު ދަސްކޮށްދީ ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގައިދިނުމަށް ބެނުންވާކަމަށް ވިދާޅުވެ މާލޭ ސިޓީ ކައުންސިލަށް އުޔޫން އިންސްޓިޓިއުޓްގެ ފަރާތުން ހުށަހެޅި ހުށަހެޅުމެއްގެ ދަށުން ސޮއި ކުރެވުނު އެއްބަސްވުމެކެވެ.

އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އުޔޫން އިންސްޓިޓިއުޓްގެ އިސްނެގުމާއިއެކު މާލެ ސިޓީގައި ހިމެނޭ މިސްކިތްތަކުގެ ތެރެއިން ހަތަރު މިސްކިތެއްގައި ހިލޭ ސާބަހަށް ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގުމަށް މި އެއްބަސްވުމުގައި އުޔޫން އިންސްޓިޓިއުޓްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ އޮފް އިންސްޓިޓިއުޓް ޑރ. ޢަލީ ޒާހިރުއެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ފަރާތުން މި ފަހުމު ނާމާގައި ސޮއިކުރެއްވީ މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މިއީ މާލޭ ސިޓީގައި ދިރިއުޅޭ 18 އަހަރުން ދަށުގެ ދިވެހި ކުޑަކުދިންގެ ތެރެއިން ޤުރުއާން ހިތުދަސްކުރުމަށް ބޭނުންވާ ކުދިންނަށް ޤުރުއާން ހިތުދަސްކުރުމުގެ ހުނަރު ދަސްކޮށްދީ ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގައި ޤުރުއާން ހިތުދަސްކުރުމަށް ބޭނުންވާ ކުދިންނަށް އެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ހުޅުވާލެވޭ ފުރުސަތެކެވެ.

Ads by Allied Insurance
  1. ޢައިމިނަތު

    35 ވަނަ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރަނީ ކޮން އިރަކުންބާ؟

  2. ވަރަށް ބޭނުން

    ހުޅުމާލޭގަވެސް .ޕުލޒް

  3. ޢައިޝާ

    ތިކަމުގެެ ހުނަރުތައް ރަށްރަށުގެ ދަރިވަރުންނަށް އަމާޒުކޮށް އޮންލައިންކޮށް ކުރިއަށް ގެންގޮސްލަ ދެވިދާނެތޯ؟