ޚަބަރު

ޓްރާންސްޕޯޓް މިނިސްޓްރީ ހުޅުމާލެއަށް ބަދަލު ކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޓްރާންސްޕޯޓް މިނިސްޓްރީން ދެމުން އަންނަ ހުރިހާ ހިދުމަތެއް ހުޅުމާލޭގައި އަލަށް ހުޅުވި ސަރުކާރުގެ އޮފީސް އިމާރާތް، 'އުމަރު ޒާހިރު އޮފީސް ބިލްޑިން' އަށް ބަދަލުކޮށްފިއެވެ.

Ads by Hajj Corporation

މިކަން ހާމަކުރައްވައި އެ މިނިސްޓްރީން ވިދާޅުވެފައިވަނީ މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން އެ އިދާރާ އޮފީސް ހިންގާނީ އުމަރު ޒާހިރު އޮފީސް ބިލްޑިންގެ ތިންވަނަ ފުލޯގައި ކަމަށެވެ.

މި އިމާރާތަށް ސަރުކާރުގެ ގިނަ އޮފީސްތައް ބަދަލުކުރުމަށް ހަމަޖެހިފައިވާއިރު، އެންމެ ފުރަތަމަ ބަދަލުކޮށްފައިވަނީ ޖެންޑާ މިނިސްޓްރީއެވެ.

މީގެ އިތުރުން، ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީ އެއްކޮށް އެ އިމާރާތަށް ބަދަލުކުރަން ނިންމައިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޚިދުމަތްތައް އަންނަ މާޗް މަހު އެ އިމާރާތަށް ބަދަލުކުރަން ވަނީ ހަމަޖެހިފައެެވެ.

މި ބަދަލާއެކު، މިނިސްޓްރީގެ ކައުންޓަރުތަކުން ދޭ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައި ވަނީ އާ އިމާރާތުގެ ގްރައުންޑް ފްލޯގައި ހުންނަ މިނިސްޓްރީގެ ކައުންޓަރުތަކުންނެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!