Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ވަޒީފާގެ ބިރު ނައްތައިލާނެކަމަށް ބުނެ ވެރިކަމަށް އައިސް، އެ އެބިރު އިޔާދަކޮށްފި: ފިރުޝާން

ވަޒީފާގެ ބިރު ނައްތައިލާނެކަމަށް ބުނެ ވެރިކަމަށް އައިސް، އެ އެބިރު އިޔާދަކޮށްފި: ފިރުޝާން
2018 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް އައީ ވަޒީފާގެ ބިރު ނައްތައިލާނެކަމުގެ ވަޢުދާއެކުގައި ކަމަށާއި އެހެންނަމަވެސް ވެރިކަމަށް އައުމަށްފަހު އެ ބިރު އިޔާދަކޮށްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު، ހުސެއިން ފިރުޝާން ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފިރުޝާން ވިދާޅުވީ ނިމިގެންދިޔަ ރިޔާސީ ޕްރައިމަރީގައި އިންތިހާއަށް ވަޒީފާގެ ބިރު ދައްކަމުން ދިޔަކަމަށެވެ. އަދި ވިދާޅުވީ ޕްރައިމަރީގެ ތެރޭގައި ސިޔާސީ ހިޔާލުތަފާތުވުންތަކުގެ ސަަބަބުން ވެސް މީހުން ވަޒީފާއިން ވަކި ކުރަމުން ދިޔަކަމަށެވެ.
"ދާދި ފަހުން އިންތިޚާބު ނިމުނުފަހުން ވަޒީފާއިން ވަކިކޮށްފި އަޅުގަނޑު ދާއިރާގެ ކުއްޖެއް ފިކުރެއްގެ ދިރުމަށް ތާއީދުކޮށްފައި ޕޯސްޓެއްޖެހީމަ" ފިރުޝާން ވިދާޅުވިއެވެ.
ފިރުޝާން ވިދާޅުވި ގޮތުގައި ދަޢުލަތުގެ ކުންފުނިތަކުން ވަޒީފާގެ ބިރު ނުދައްކާނެ ކަމަށް ޕޯޑިއަމް ތަކުގައި ވިދާޅުވަމުން ދިޔަސް، ވަކި ފިކުރަކަށް ތާއީދު ނުކުރާނަމަ ޑީމޯޓު ކުރުން ފަދަ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ދެމުންދާކަމަށެވެ. އަދި މިއަދު ފެނިގެންދަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވަޒީފާގެ ބިރު ނައްތާލާނެ ކަމަށް ބުނެ ވެރިކަމަށް އައިސް އެ ބިރު އިޔާދަކުރިތަން ކަމަށާއި ވަކި ފިކުރަކަށް، ވަކި ފަރާތަކަށް، ވަކި ސިޔާސީ ލީޑަރަކަށް ނުވަތަ ވަކި ގޮތަކަށް ސިޔާސީ މަސައްކަތް ކުރާނަމަ އެމީހާގެ ވަޒީފާ އޮންނަނީ ބިރުވެރިކަމަށް ހުށަހެޅިފައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް