Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފްލޯޓިން ސިޓީގެ މޮކަޕް ޔުނިޓްތައް ދައްކައިލުން ފަސްކޮށްފި

ފްލޯޓިން ސިޓީގެ މޮކަޕް ޔުނިޓްތައް ދައްކައިލުން ފަސްކޮށްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް އަޅާ ފްލޯޓިން ސިޓީގައި ތަރައްޤީ ކުރާ ހައުސިން ޔުނިޓުތަކުގެ މޮކަޕް ދައްކާލުމަށް އަނެއްކާވެސް އައު ތާރީޚެއް ދީފިއެވެ.

އެއް ބިލިއަން ޑޮލަރުގެ ބިޔަ މި މަޝްރޫއު ހަވާލުކޮށްފައިވާ ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސްގެ ލޯކަލް ކޮންސަލްޓެންޓް އިބްރާހިމް ރިޔާޒު އޮންލައިން ނޫސް "އަދަދު" އަށް ވިދާޅުވީ، މި ހަފުތާ ބަންދުގައި އެ ސިޓީގައި ތަރައްޤީ ކުރާ ހައުސިން ޔުނިޓުތައް ހުންނާނެ ގޮތް މީޑިއާތަކަށް ދައްކާލާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ފުރަތަމަ މީޑިއާތަކަށް ދައްކައިލަން ހަމަޖެހިފައިވަނީ ތިން ގެއެއް ހިމެނޭ ޔުނިޓެއް ކަމަށާއި،  މި ހަފުތާ ނިމޭކޮޅު މީޑިއާތަކާ ބައްދަލުކޮށް، މަޝްރޫޢުގެ އިތުރު މައުލޫމާތު ދޭނެ ކަމަށެވެ.

Advertisement
Allied Insurance — Square (box)

ފްލޯޓިން ސިޓީގެ ޔުނިޓެއްގެ ފުރަތަމަ ފޮޓޯއާއެކު އެ މޮކަޕް ދައްކާލާނެ ކަމަށް ފުރަތަމަ ބުނީ އޮކްޓޯބަރު، 2022، ގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމަށް ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ބައެއް މެންބަރުން ވަނީ ފްލޯޓިން ސިޓީގެ މަސައްކަތާ ބެހޭގޮތުން ސުވާލު ކުރައްވައިފައެވެ. އެގޮތުން ފްލޯޓިން ސިޓީ ހެދުމަށްދިން ފަޅު ހިއްކާ އޭގެން ބިންތައް ކިތައް ފަރާތަށް ވިއްކާފައިވޭތޯ ސުވާލު ކޮށްފައިވެއެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ފްލޯޓިން ސިޓީގެ މަސައްކަތުގައި ބަޔަކު އުޅޭތާ ވަރަށް ޒަމާންވެއްޖެ ކަމަށެވެ. އެ މަސައްކަތް ކުރިން އޮތީ ބިން ހިއްކައިގެން ކުރާގޮތަށް ނޫންކަން ފާހަގަކުރައްވައި މިނިސްޓަރު އަސްލަމް ވިދާޅުވީ ފަހުން ފެނުނު ޕްލޭންތަކެއްގައި ފަޅުގެ ބޭރުން ރަށްތަކެއް ހިއްކުމަށްފަހު ފަޅުތެރޭގައި ފްލޯޓިން ސިޓީއެއް އެޅުމުގެ ކޮންސެޕްޓް ފެނުނު ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް