Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފޯ ނޭޝަންސް ކަޕް: މެމްބަރު ރިޒާގެ ހަނދާނުގައި ސުކޫތެއް!

ފޯ ނޭޝަންސް ކަޕް: މެމްބަރު ރިޒާގެ ހަނދާނުގައި ސުކޫތެއް!

މިއަދުން ފެށިގެން  މި މަހުގެ 27 ގެ ނިޔަލަށް ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުރިއަށްދާ ފޯ ނޭޝަންސް ކަޕްގައި މިއަދު ހަވީރު ކުޅެމުން ދިޔަ މެޗުތައް ކުޅެމުން ދިޔަ ވަގުތު، އަލްމަރްހޫމް އަލީ ރިޒާގެ ހަނދާނުގައި ސުކޫތެއް ގެނެސްފިއެވެ.

ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަރުޙޫމް އިބްރާހިމް ރިޒާ ދިވެހި ޤައުމަށް އަދި ކުޅިވަރަށް ކޮށްދެއްވާފައިވާ ޙިދުމަތްފާހަގަކޮށް އެމަރުޙޫމްގެ ހަނދާނުގައިވަނީ މިއަދު ސުކޫތެއް ގެނެވިފައިކަމަށެވެ.

"މަރުޙޫމް އިބްރާހިމް ރިޒާ ދިވެހި ޤައުމަށް އަދި ކުޅިވަރަށް ކޮށްދެއްވާފައިވާ ޙިދުމަތްފާހަގަކޮށް އެމަރުޙޫމްގެ ހަނދާނުގައިވަނީ މިއަދު ސުކޫތެއް ގެނެވިފަ. ރިޒާ އަވަހާރަވިއިރުވެސް ގެންދެވީ އެފްއޭއެމްގެ އެޕީލްސް ކޮމިޝަންގެ ރައީސްކަން ކުރައްވަމުން." މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

https://twitter.com/AhmedMahloof/status/1628780810156523521

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެންބަރު އަލްއުސްތާޛް އިބްރާހީމް ރިޒާ ނިޔާވެފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ކުރަަމުން ދަނިކޮށް ރޭގެ ވަގުތެއްގައި މެލޭޝިއާގައެވެ.

ރިޒާ ނިޔާވުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން މާދަމާ ބޭއްވުމަށް ހަމަޖެއްސި ހިނގާލުން ވަނީ ފަސްކޮށްފައެވެ. އަދި ރިޒާގެ ޖަނާޒާ މާދަމާ މެލޭޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ޖަނާޒާގައި ބައިވެރިވުމަށް މެލޭޝިއާއަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް