Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ފިހާރައެއްގެ ތެރޭގައި ހިންގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރު ކޮށްފި

ފިހާރައެއްގެ ތެރޭގައި ހިންގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރު ކޮށްފި

ވެރިރަށް މާލޭގެ ފިހާރައެއްގެ ތެރޭގައި މާރާމާރީ ހިންގި މައްސަލައިގައި ރޭ ދަންވަރު މީހަކު ހައްޔަރު ކޮށްފިއެވެ.

މިކަން ހާމަކުރައްވައި. ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފެބުރުވަރީ 24 ވަނަ ދުވަހުގެރޭ، މާފަންނު ފިހާރައެއްގެ ތެރޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކަށް ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އެކަކު، ފުލުހުންގެ ތަހުގީގަށް ހޯދުނު ހޯދުމުގެ މައްޗަށް، ކޯޓު އަމުރެެއްގެ ދަށުން ރޭ ދަންވަރު ހައްޔަރުކުރެވިފައިވާ ކަމުގައެވެ.

https://twitter.com/M_Hameedh/status/1629672891024539652

Advertisement
HDC — Sidebar (box)

ފިހާރައެއްގައި ތޫނު އެއްޗަކުން ދިން ހަމަލާ އަމާޒުވި 30 އަހަރުގެ މީހާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި، ވެންޓިލޭޓަރުގައި އަންނަނީ ފަރުވާ ދެމުންނެވެ.

މި މައްސަަލައާ ގުޅޭގޮތުން، ރޭ "ޕީއެސްއެމް"ގައިވެސް ސީޕީ ވާހަކަ ދެއްކެވިއެވެ. އެގޮތުން ސީޕީ ވިދާޅުވެފައިވަނީ މާލެތެރޭގައި މިހާރު ހިނގަމުން އަންނަ މާރާމާރީތަކުގެ ފަހަތުގައި ވަނީ ހަތަރު ގޭންގެއްކަމަށާއި، މިދިޔަ މަހު މެދުތެރެއިން ފެށިގެން މިހާތަނަށް އެ ސިލްސިލާ މާރާމާތިތަކާއި ގުޅިގެން 16 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. ސީޕީ ވިދާޅުވި ގޮތުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގަމުން އަންނަ އެ މާރާމަރީތައް ގުޅިފައިވަނީ ހަތަރު ގޭންގަކާއެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް