ޚަބަރު

ވަޅިން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާ ނިޔާވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލޭގެ ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާ ނިޔާވެއްޖެއެވެ.

Ads by Sosun Fihaara

އައިޖީއެމްއެޗުން “ދެން”އަށް މަޢުލޫމާތު ދެމުން ވިދާޅުވީ، މިއަދު ހެނދުނުގެ ވަގުތެއްގައި އެ މީހާ ނިޔާވެފައިވާ ކަމަށެވެ. އެ މީހާ މަރުވީ ހެނދުނު 6:45 ހާއިރު ކަމަށް އައިޖީއެމްއެޗުން ވިދާޅުވިއެވެ.

މާފަންނު މުރަނގަ މަގުގައި ހުންނަ ކްރަސާ ނަމަކަށް ކިޔާ ފިހާރައިގައި ހުއްޓާ ބަޔަކު ވަދެ ޒަހަމްކޮށްލާފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނަކަށެވެ.

ޒުވާނާއަށް ވަޅިން ހަމަލާދިން މައްސަލައާއި ގުޅިގެން އުމުރުން 21 އަހަރުގެ ޒުވާނަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!