Sunday, 1 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އަޅުގަނޑުމެން އަންހެނުން، އަންހެނުންގެ ފަހަތުގައި ތިބެން ހިނގާ: ނަހުލާ

އަޅުގަނޑުމެން އަންހެނުން، އަންހެނުންގެ ފަހަތުގައި ތިބެން ހިނގާ: ނަހުލާ
އަންހެނުން އެކި ކަންކަމާ ކުރިމަތިލާއިރު، އަންހެނުންގެ ފަހަތުގައި އަންހެނުން ތިބުމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ގޮވައިލައްވައިފިއެވެ. މިނިސްޓަރު ނަހުލާ މިކަމަށް ގޮވައިލެއްވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ މައި ހަރުގެ، މ.ކުނޫޒުގައި ބޭއްވި ހަފްލާއެއްގައި ދެއްކެވި ވާހަކައިގައެވެ. ނަހުލާ ވިދާޅުވީ އާބާދީގައި އަންހެނުންގެ އަދަދު ގިނައިރު، އަންހެނުންނަށް ކަންކަމާ ކުރިމަތިލުމަށް ނުކެރިފައި ހުންނަން ނުޖެހޭ ކަމަށެވެ.
އަޅުގަނޑުމެން އަންހެނުން، އަންހެނުންގެ ފަހަތުުގައި ތިބެން ހިނގާ. އަޅުގަނޑުމެން އަންހެނުންގެ އަދަދު މާ ގިނަ. ކަންކަމުގައި އަޑު އުފުލަން ނުކެރިފަ ނުހުރޭ.
އަންހެނުން ކަމަކަށް ކުރިމަތިލާނަމަ، ވަރަށް ދުއްތުރާތަކާއި ކުރިމަތިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ، ދަތިތައް ކުރިމަތިވިޔަސް، ގޮތްދޫކުރުމެއް ނެތި، ފޯރިިއާއެކު ނުކުމެއްޖެނަމަ، ކާމިޔާބުވާނެކަމަށް ވެސް ވިދާޅުވެފައެވެ. މިނިސްޓަރު ނަހުލާ ވަނީ، ކޮންމެ ފިކުރެއްގެ ބަޔަކުކަމުގައި ވިޔަސް އަދި ކޮންމެ މުއައްސަސާއެއްވިއަސް، އަންހެނުން ކުރިއަރުވައި، ބާރުވެރިކުރުވުމަށް ކުރަމުން އަންނަ ކަންކަމުގައި އެއްބާރުލުން ދިނުމަށް އެންމެހައި އަންހެނުންގެ ކިބައިން އެދިވަޑައިގަންނަވައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް