ޚަބަރު

އިސްރާއީލުގެ އެއަރލައިނަށް ރާއްޖޭގައި ޖެއްސުމުގެ ހުއްދަ ނުދޭނެ ކަމުގެ ޔަޤީންކަން ސަރުކާރުން އަރުވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިސްރާއީލްގެ ޤައުމީ އެއަރލައިނުން ރާއްޖެއަށް އުދުހުންތައް ފަށަން ތައްޔާރުވަމުންދާ ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމާއި ގުޅިގެން އެ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.

Ads by STELCO

ބޭރުގެ މީޑިއާއެއް ކަމަށްވާ ރޮއިޓާސްއިން އިސްރާއީލްގެ ޤައުމީ އެއަރލައިން ކަމަށްވާ އެލް އާލްއާ ހަވާލާދީ ބުނެފައި އެ އެއަރލައިންގެ އޮޕަރޭޝަންތައް ފުޅާކުރަން ވިސްނާފައިވާ ކަމަށާއި އެގޮތުން ރާއްޖެއަށް ދަތުރުތައް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ.

އެލް އާލްއާ އިން ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖެއަށް އުދުހެން ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް އޭރުގެ އިދިކޮޅުގައި ތިބި ފަރާތްތަކުން އެކަމަށް ހުރަސް އެޅުމުން އެކަން ވަނީ ހުއްޓާލާފައެވެ. އެކަމާ ދެކޮޅަށް އޭރު އެންމެ ބޮޑަށް ވާހަކަ ދެއްކީ އަދާލަތު ޕާޓީންނެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ، އިސްރާއީލުން އެފަދަ ހުށަހެޅުމެއް ލިބިފައިނުވާ ކަމަށާއި އެފަދަ މަޝްވަރާތަކެއް ވެސް ކުރެވިފައި ނުވާ ކަމަށެވެ. އަދި ރާއްޖެއާ އިސްރާއީލާ ދެމެދު ވައިގެ ދަތުރުފަތުުރު ކުރުމުގެ އެއްބަސްވުމެއް ނެތްކަން ފާހަގަ ކުރައްވަމުން، ދަތުރުތައް ފަށަން އުޅޭ ވާހަކަ ދޮގު ކުރެއްވިއެވެ.

އިސްރާއީލުން ރާއްޖެއަށް ވައިގެ ދަތުރުތައް ކުރަން ވިސްނަމުންދާ ކަމަށް އެ ޤައުމުން ބުނެފައިވާއިރު، އަރަބި އިސްލާމީ ގިނަ ޤައުމުތަކުން އެ ޤައުމުތަކުގެ ވައިގެ ސަރަހައްދު އިސްލާއީލަށް ވަނީ ފާއިތުވި ދެތިން އަހަރުގެ ތެރޭގައި ހުޅުވާލާފައެވެ. އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ނުހުއްޓަނީ އެފަދަ ނިންމުންތައް ނިންމުމުން އަރަބި އިސްލާމީ ބައެއް ދަލުލަތްތަކާ ދެކޮޅަށް ބައެއް ޤައުމުތަކުގައި ބޮޑެތި މުޒާހަރާތައް ވެސް ކޮށްފައިވެއެވެ.

  1. މިއީ އެއާލައިނަށް ހުއްދަ ދޭންވެގެން ހަދާލި ހަބަރެއް، މިޔާދެކޮޅަށް ތުކަންދާނީ !

  2. ނާޅި

    ތިއުޅެނީ ތިކަން ކުރަންވެގެން މައްކާރުން ފުރަތަމަ އެކަމުގެ ސުރުހީ އަޅާލާނެ އެކަމަށް މަގުފަހިކުރަން !