ލާރިކޮޅެއް ދީގެން ނަމެއް ނުނަގާނަން، ހަދާނެ ޑީލެއް ނޯންނާނެ: މުނައްވަރު
އަންނަ ރިޔާސީ އިންތިޚާބުގެ ކަރުދާހުގައި އެމަނިކުފާނުގެ ނަން އޮންނާނެ ކަމަށާއި، ހައްދަވާނެ ޑީލެއް ނޯންނާނެ ކަމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް އިއުލާން ކުރައްވާފައިވާ ކުރީގެ ބަންޑާރަ ނައިބު ޑރ .މުޙައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމިކަން ރަސްމީކޮށް ހާމަކުރެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި މުނައްވަރު ވިދާޅުވީ، އިންތިޚާބުގައި ވާދަ ކުރުމަށް ނިންމީ ޤައުމުގެ ހާލަތު އެކަމަށް މަޖުބޫރު ކުރުމުން ކަމަށާއި، ރައްޔިތުން ޤުރުބާންކޮށްފައި ހަދާނެ ޑީލެއް ނޯންނާނެ ކަމަށެވެ.
"އަޅުގަނޑު މިކުރިމަތިލަނީ އެއްވެސް ހާލެއްގައި އެއްވެސް ބޭފުޅެއްގެ އެޖެންޓެއްގެ ގޮތުގެއެއް ނޫން. އެދިވަޑައިގަތުމުގެ މަތިންނެއް ވެސް ނޫން، މިދެންނެވީ ސިޔާސީ ބޭފުޅުން" މުނައްވަރު ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ އެއްވެސް ބޭފުޅަކާ އިންތިޚާބުގައި ކުރިމަތިލައްވާނެ ކަމާމެދު މަޝްވަރާ ކުރައްވާފައިނުވާނެ ކަމަށެވެ.
"އަޅުގަނޑު ހަމަގައިމުވެސް އިބްރާޙީމް މުޙައްމަދު ޞާލިޙަކާ މަޝްވަރާއެއް ނުކުރަން، އަޅުގަނޑު ޤާސިމް އިބްރާހިމަކާ މަޝްވަރާއެއް ނުކުރަން، އަޅުގަނޑު މުޙައްމަދު ނަޝީދަކާ މަޝްވަރާއެއް ނުކުރަން. އަޅުގަނޑު މައުމޫން އަކާ، ޝެއިޚް އިމްރާނަކާ މަޝްވަރާއެއް ނުކުރަން. ސަން ޓްރެވެލް ޝިޔާމްއަކާ، ކާނަލް ނާޒިމްއަކާ މަޝްވަރާއެއް ނުކުރަން. މިދެންނެވީ ސިޔާސީ ޕާޓީތަކުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން"
މުނައްވަރު ވިދާޅުވީ، ރާއްޖޭގެ މިއަދުގެ ހާލަތު ވެއްޓިފައިވަނީ ރާއްޖެ އެކި ދުވަސްވަރު އަޅުވެތިވެފައި އޮތް ހާލަތަށްވުރެވެސް ދަށް ހާލަތަކަށް ކަމަށެވެ. އަދި ޤައުމުގެ މިނިވަން ނިންމުންތައް ނިންމުމުގެ ބާރު ރާއްޖޭގައި ނެތްއިރު ވަކި ޤައުމަށް މުޅި ޚާރިޖީ ސިޔާސަތު ބައްޓަން ވެފައި އޮތްކަމީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށް މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް ކުރިމަތި ލުމާއި އަދި ވަކި މީހެއްގެ ފަހަތަށް އަރުމަށާއި، ސިޔާސީ މަންފާއަކަށް ނަން ނެގުމާއި ގުޅޭގޮތުން ކުރާނެ މަޝްވަރާއެއް ނޯންނާނެކަމަށެވެ.
"އެއްވެސް މީހަކާއި ޑީލެއް ނުހަދާނަން. ހަދާ ޑީލޭއް ހަދާނީ ދިވެހި ރައްޔިތުންނާ. ނަންވެސް އަނބުރާ ނުނަގްނަވާނަން. ކުރިމަތިލީ ދިވެހި ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ އެދުންތައް ހާސިލް ކޮށް ދިނުމަށް." މުނައްވަރު ވިދާޅުވިއެވެ.
ނަން ބާއްވާ ދޭނެ ވޯޓެއް ނެން ފައިސާ ނުގެންނަނީސް
ނަން ނަގާނެ ކަމެއް ނެތް! އުމަރު ނަސީރު އަށް ލިބޭވަރަށް ވޯޓް ލިބުނަސް ރަގަޅު! އާއިލާ މީހުންވެސް ނުލާނެ! ހައް ހައް!
އައްޑު އަތޮޅު ވިލިގިލީގައި ރިސޯޓެއްހެދިއިރު އިބްރާހިމް ހުސައިންޒަކީއާއި ބިސްމަނިކުއާއި މަނިކުފާނުގެ ހިއްސާ އޮންނަގޮތަށް ކުންފުންޏެއް ހައްދަވާފައިވާގޮތް ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަކީ ބުއްދިވެރިކަމެއްކަމުގައި އަޅުގަނޑުދެކެން. އެކުންފުންޏަށް ކިޔަނީ ވިލިގިލި އިންވެސްޓްމެންޓްސް ޕވޓ ލޓޑ
ތިޔަކުރިމަތި ލައްވަނީ ހޮވޭކަށް ނޫން. ވޯޓު ބަހަންވެގެން އަދި ދެވަނަ ބުރެއްގައި ޑީލެއް ލިބޭތޯ
ސިޔާސީ މަންފާްއެށް ބޭނުން ނުކޮށް ރައިޔަތުންގެ ހައްގުގަ އަސްނެންގެވީތީ މަރުބާ
ޑރ މުނައްވަރު
ގައުމުގެ ހާލަތައް އެންމެންވެސް އެއްބަސްވޭ! ޢެކަމަކު ރައްޔިތުންގެ ތެރެއިން ނަގާ ކިޔާ ބަސް ހިނގާ މީހުން ތިބީ ފައިސާއަށް ވިކިފަ! ޢެމީހުން ދައްކާ މަގުން ރައްޔިތުން ހިނަގަވާއިރު ތިޔަ ގޮތަށް ހޯއްދަވާ ވޯޓުން ގައުމުގަ ތިބި މީހުންގެ ފިކުރު އެނގިގެން ދާނެ! ސިޔާސަތަށް ވިސްނާ ވޯޓުލާނެ މީހުން ގިނަވެގެން ތިޔަބޭފުޅާ އަށް މީހުން ވޯޓުލާނީ! ސިޔާސަތުގެ މުހިންމުކަން ރައްޔިތުންނަށް އިނގުން މުހިންމު.
ޖާނޭ އާއި ވިންޓަރ ޝަރީފުމެން މިކަންކުރަނީ ލާރކޮޅަކަށް. އެކަމަކު އަހަރުމެންނަށްވެސް އިނގޭ މުނައްވަރު ކަހަލަ މީހަކު ލާރިކޮޅަކަށް ނަމެއްނުނާގާނެކަން. އެކަމަކު މަގާމަކަށް ނަންނަގާފާނެކަމަށް ބޮޑަށްބެލެވެނީ.