ޤައުމީ އިނާަމަށް ނަން ހުށަހެޅުމުގެ ފުރުސަތު މާދަމާ ހަމަވާނެ

މި އަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މާދަމާ ހަމަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
އިނާމަށް އެދި ހުށަހަޅާ ފޯމު ފޮނުއްވަން ޖެހެނީ، ޤައުމީ އިނާމާބެހޭ ކޮމިޓީ އަށް އެޑްރެސްކޮށް، ރައީސް އޮފީހަށެވެ.
އިނާމަށް އެދި ފޯމުހުށަހަޅާއިރު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިނާމާ ބެހޭ ކޮމިޓީން ހަނދާންކޮށް ދީފައިވެއެވެ.
ޤައުމީ އިނާމު މި އަހަރު މައިގަނޑު 36 ދާއިރާއަކުން ދޭނެއެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރު ވެސް ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ މީހުންނާއި، ކުންފުނި، ޖަމިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭ ގޮތަށް ހަމަޖައްސާފައިވެއެވެ.
އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުން ވެސް ޤައުމީ އިނާމަށް ނަން ހުށަހެޅޭނެއެވެ.