ޚަބަރު

މި އަހަރު ވެސް ރޯދަ މަހު ޙަރަމްފުޅުގައި ތަރާވީޚް ނަމާދުގައި 10 ރަކުއަތް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މި ފެށޭ ރަމަޟާން މަހު މުސްލިމުންގެ އެންމެ މާތް ދެ މިސްކިތްކަމަށްވާ މަސްޖިދުލް ޙަރާމާއި، މަސްޖިދުލް ނަބަވީގައި ތަރާވީޙު ނަމާދުގައި ކުރާނީ 10 ރަކުއަތްކަމަށް ކަނޑައަޅައިފިއެވެ.

Ads by STELCO

އާޢްމުކޮށް ރަމަޟާން މަހު މި ދެ މިސްކިތުގައި ކުރާ ތަރާވީޙު ނަމާދުގައި 20 ރަކުއަތް ކުރަމުން އާދެއެވެ. އެހެންނަމަވެސް ކޯވިޑް-19ގެ އާލަމީ ވަބާގެ ސަބަބުން ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ވޭތުވެދިޔަ 3 އަހަރުވެސް މި ދެ މިސްކިތުގައި ތަރާވީޚް ނަމާދުގައި ކޮށްފައިވަނީ 10 ރަކުއަތެވެ. އަދި ވިތުރިއާލައިގެން 13 ރަކުއަތެވެ. މީގެ އިތުރަށް ދަމުނަމާދު ކުރުމާއި، އިޢުތިކާފަށްވެސް މިއަހަރު ތިބެވޭނެއެވެ.

ސަޢުދީ ސަރުކާރުން މާތްވެގެންވާ ދެ މިސްކިތުގައި ތަރާވީޚް ނަމާދުގެ ރަކުއަތް 10 އަށް މަދުކުރުމުން ބައެއް ފަރާތްތަކުން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިފަހަރު ޙަރަމްފުޅުގައި ކުރާ ތަރާވީޚް ނަމާދުގައި 32 އަހަރު ވަންދެން ޙަރަމްފުޅުގައި އިމާމްވެ ނަމާދުކުރި ޝައިޚް ޝުރައިމް ތަރާވީޚް ނަމާދެއް ނުކުރާނެއެވެ. އޭގެ ބަދަލުގައި އިސްވެ ނަމާދު ކުރާނެ 5 އިމާމުން މިހާރު ވަނީ ކަނޑައަޅާފައެވެ. އެއީ ޝައިޚް އަބްދުއްރަޙްމާން ސުދައިޡްއާއި، ޝައިޙް ބެންޑަރ ބަލީލަޙް އާއި، މާހިރް އަލް މުއައްޤަލީއާއި، ޝައިޚް އަބްދުﷲ ޖުހާނީގެ އިތުރަށް ސައިޚް ޔަސީޜް ދަޝާރީއެވެ.

2 އަހަރަށްފަހު ސަޢުދީ ސަރުކާރުން މިދިޔަ އަހަރު ވަނީ ރަމަޟާންމަހުގައި އެ މިސްކިތްތަކުގައި ރޯދަވީއްލޭނެ އިންތިޒާމް ހަމަޖައްސާފައެވެ. އެހެންކަމުން މިއަހަރުވެސް ރޯދަ ވީއްލޭނެ އިންތިޒާމް ހަމަޖައްސާނެއެވެ. ސަޢުދީ ސަރުކާރުން މިއަހަރުވެސް ވަނީ ރަމަޟާންމަހު ދުނިޔޭގެ އެކި ކަންކޮޅުތަކުން އުމްރާއަށް ދެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!