ޚަބަރު

ސްޓެލްކޯއިން ލީޑަޝިޕް މެނޭޖްމަންޓް އެންޑް ކެޕޭސިޓީ ބިލްޑިން ޓްރެއިނިންއެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މުވައްޒަފުންނަށް ލީޑަޝިޕް މެނޭޖްމަންޓް އެންޑް ކެޕޭސިޓީ ބިލްޑިން ޓްރެއިނިންއެއް ކުރިއަށް ގެންގޮސްފިއެވެ.

Ads by STELCO

ސްޓެލްކޯއިން ބުނެފައިވަނީ އަތޮޅުތެރޭގެ އިންޖީނުގެތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މުވައްޒަފުންނަށް ލީޑަޝިޕް މެނޭޖްމަންޓް އެންޑް ކެޕޭސިޓީ ބިލްޑިން ޓްރެއިނިންއެއް ބާއްވާފައިވާ ކަމަށެވެ.

ލީޑަޝިޕް މެނޭޖްމަންޓް އެންޑް ކެޕޭސިޓީ ބިލްޑިން ޓްރެއިނިން ކުރިއަށް ގެންގޮސްފައިވަނީ ދެ ދުވަހުގެ މުއްދަތަށް އއ. އުކުޅަހުގައި ކަމަށް އެ ކުންފުނިން ބުނެއެވެ.

ސްޓެލްކޯއިން ދަނީ އެ ކުންފުނީގެ މުވައްޒަފުންނަށް އެކި ރޮނގުރޮނގުން ތަމްރީނު ދިނުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިދިޔަ މަހު އެ ކުުންފުނީގެ ޓެކްނިކަލް މުވައްޒަފުންނަށް ހާއްސަކޮށްގެން ޓްރެއިނިންއެއް ކުރިއަށް ގެންގޮސްފައިވެއެވެ. ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި އެ ޓްރެއިނިން ކުރިއަށް ގެންގޮސްފައިވަނީ އެ ކުންފުނީގެ ސާވިސް ސެންޓަރާއި ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓުގެ އިތުރުން އަތޮޅުތެރޭގެ އިންޖީނުގެތަކުގައި މަސައްކަތް ކުރަމުންދާ ޓެކްނިކަލް މުވައްޒަފުންނަށް ހާއްސަކޮށްގެން ކަމުގައެވެ.

އެ ޓްރެއިނިން ކުރިއަށް ގެންދިޔައީ ޔޫއޭއީގެ އިންޓަނޭޝަނަލް ސެންޓަ ފޯ ޓްރެއިނިން އެންޑް ޑިވެލޮޕްމަންޓްގެ ޓްރެއިނަރެއްގެ އެހީތެރިކަމާ އެކުގައި ކަމަށް އެ ކުންފުނިން ބުނެއެވެ. ސްޓެލްކޯއިން ބުނި ގޮތުގައި ކުރިއަށް ގެންގޮސްފައިވަނީ ސެޓިފައިޑް ހައި ވޯލްޓޭޖް އަދި މީޑިއަމް ވޯލްޓޭޖް ކޭބަލް ސްޕްލައިސިން، ޖޮއިންޓިން އެންޑް ޓާމިނޭޝަންގެ ޓްރެއިނިން އެއް ކަމުގައެވެ.

ޓެކްނިކަލް މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ އެ ޓްރެއިނިންގެ އިތުރުން ސްޓެލްކޯއިން ވަނީ އދ. އަތޮޅުގެ އިންޖީނުގެތަކުގައި މަސައްކަތް ކުރަމުންދާ އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ކަސްޓަމާ ސާވިސް ޓްރެއިނިން ޕްރޮގްރާމެއް ވެސް ބާއްވާފައެވެ.

ސްޓެލްކޯއިން ބުނެފައިވަނީ އެ ޕްރޮގްރާމުގައި ކަސްޓަމަރުންނާ އޮންނަ ގުޅުން ބަދަހި ކުރުމަށާއި މުއާމަލާތު ކުރުމުގައި ގެންގުޅޭނެ ހަރުދަނާ އުސޫލުތަކާ ގުޅޭގޮތުން އެ ކުންފުނީގެ މުވައްޒަފުންނަށް މައުލޫމާތު ދެވިފައިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!