Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ފޮނަދޫން ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވެއްޖެ

ފޮނަދޫން ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވެއްޖެ

ލ. ފޮނަދޫއިން ރޯދަ މަހު ދުވާލުގެ ވަގުތުތަކުގައި ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވެއްޖެއެވެ.

މިއަދު ވެސް، އިއްޔެ ވެސް ވަނީ އެ ރަށުން ކަރަންޓް ކެނޑިފައެވެ. ކަރަންޓް ކެނޑެނީ ވަކި ސަރަހައްދުތަކަކުން ކަމަށްވެއެވެ.

އެރަށުން ދެންއާ ވާހަކަ ދެއްކި މީހަކު ބުނީ ރޯދަ ފެށުމުގެ ކުރިން ވެސް މެންދުރުގެ ވަގުތުތަކުގައި ކަރަންޓް ކެނޑޭ މައްސަލަ ދޭތެރެ ދޭތެރޭން ދިމާވާ ކަމަށާއި، ރޯދަ މަސް ކައިރިވީއިރު މައްސަލަ އޮތީ ވަރަށް ބޮޑުވެފައި ކަމަށެވެ. އަދި ކަރަންޓް ކެނޑޭތީ ގޭތެރޭގައި ހުންނަ އިލެކްޓްރިކް ސާމާނަށް ގެއްލުންވާ ކަމަށް އެ ރަށުން ވާހަކަ ދެއްކެވި މީހާ ބުންޏެވެ.

Advertisement
HDC — Sidebar (box)

އޭނާ އިތުރަށް ބުނެފައި ވަނީ އެކަމާ ޝަކުވާކުރަން އެރަށު ފެނަކަ އޮފީހުގެ މެނޭޖަރު އަޒީއަށް ގުޅުމުން ވިދާޅުވީ، ކަރަންޓް އެއްޗެހި ނުޖައްސާ ބަހައްޓަން ކަމަށެވެ.

"ރޯދަ މަހުގައި ވަރަށް ބޮޑު ތަކުލީފެއް މިއީ، ކޮންމެ ދުވަހަކު ކަރަންޓް އެބަދޭ، މިކަމަށް ހައްލެއް ބޭނުން" އޭނާ ބުންޏެވެ.

ލ. ފޮނަދޫގެ ކަރަންޓް މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުންދާކަން އެނގިފައެއް ނުވެއެވެ. މައުލޫމާތު ލިބޭ ގޮތުގައި ކަރަންޓް މައްސަލަ ދިމާވަނީ ރޯދަމަހާއި ހޫނު މޫސުމާ ދިމާވުމުން ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވެ، އެވަރަށް ކަރަންޓް ނުއުފެއްދޭތީއެވެ.

މިކަމާ ގުޅޭގޮތުން ފެނަކަ ފޮނަދޫ ބްރާންޗްގެ މެނޭޖަރު އަޒީއަށް ގުޅުމުން ފޯނު ނުނަގަންގަވާތީ އެފަރާތުގެ ބަހެއް ވަނީ ނުލިބިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް