Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރޯދަ ހަދިޔާގެ ގޮތުގައި މަހިބަދޫ ކައުންސިލުން ކޮންމެ ގެއަކަށް ކިރާއި މަސްދަޅާއި ތެޔޮ!

ރޯދަ ހަދިޔާގެ ގޮތުގައި މަހިބަދޫ ކައުންސިލުން ކޮންމެ ގެއަކަށް ކިރާއި މަސްދަޅާއި ތެޔޮ!
ރޯދަ ހަދިޔާގެ ގޮތުގައި މަހިބަދޫ ކައުންސިލުން ކޮންމެ ގެއަކަށް ކިރާއި މަސްދަޅާއި ތެޔޮ ބަހައިފިއެވެ. އާބާދީގައި ގާތްގަޑަކަށް 3000 މީހުން ދިރިއުޅޭ އެރަށުގައި ކޮންމެ ގެއަކަށް  ރޯދަ ހަދިޔާގެ ގޮތުގައި ތެޔޮފުޅިއަކާއި، ހަތަރު ކިރު ޕެކެޓު، މަސްދަޅާއި ކަދުރު ބަންދުކޮށްފަ ހުންނަ ޕެކޭޖެއް އިއްޔެ ހަވީރު ވަނީ ބަހާފައެވެ. ހަދިޔާ ބަހާފައިވަނީ އެ ރަށު ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީ އާއި ކައުންސިލްގެ މުވައްޒަފުންނެވެ.

ބައެއް ކައުންސިލްތަކުުން ދަނީ ރޯދަ މަހު އެރަށްރަށުގެ ރައްޔިތުންނަށް ތަފާތު އެހީތައް ފޯރުކޮށްދެމުންވެ. އެގޮތުން ބ. އޭދަފުށީ ކައުންސިލުން ވަނީ ރޯދަ ހަދިޔާއަށް ކޮންމެ ގެއަކަށް 30 ކާށި ދޭން ނިންމާފައެވެ.

ކައުންސިލަރުން ރައްޔިތުންނަށް ރޯދަ ހަދިޔާ ދޭއިރު މަޖިލިސް މެމްބަރުންވެސް ދަނީ އެ ދާއިރާގެ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ތަފާތު ތަކެތި ބަހަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް