Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ގުރައިދޫ ދާއިރާ ބައި އިލެކްޝަން: ރީ-ރަޖިސްޓްރޭޝަނަށް ހުޅުވައިލައިފި

ގުރައިދޫ ދާއިރާ ބައި އިލެކްޝަން: ރީ-ރަޖިސްޓްރޭޝަނަށް ހުޅުވައިލައިފި
އަންނަ މަހުގެ 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވައިލައްވައިފިއެވެ.
ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މި މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00 ގެ ނިޔަލަށެވެ.
މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ގުރައިދޫ, މާފުށި އަދި ގުޅީގެ ރައްޔިތުންގެ ތެރެއިން ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ރަޖިސްޓްރީވާން އެދޭ ފަރާތްތައް އެކަންޏެވެ. އީސީން ވިދާޅުވީ މިހާރު ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށަކަށް ވޯޓުލާން ބޭނުންނަމަ މި މުއްދަތުގެ ތެރޭގައި އެމީހަކު ވޯޓުލުމަށް ރަޖިސްޓަރީ ކުރަންވާނެ ކަމަށެވެ. އީސީން ވިދާޅުވީ، މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު (VR space ID-Number Send to 1414) އެސްއެމްއެސް މެދުވެރިކޮށް ޗެކް ކުރެވޭނެ ކަމަށެވެ. ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް ނުވަތަ އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނުގެ މައި އިދާރާއަށް ގޮސް ފޯމު ހުށަހަޅައިގެންނެވެ. މައި އިދާރާއިން ފޯމު ބަލައިގަންނާނީ ހެނދުނު 10:00 އިން މެންދުރުފަހު 01:00 އަށެވެ. ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް