ޚަބަރު

ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އާސަންދަ ބަޖެޓުން 60 އިންސައްތަ ހޭދަ ކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަސް ތެރޭގައި އާސަންދަ ބަޖެޓުން 60 އިންސައްތަ ހޭދަކޮށްފިއެވެ.

Ads by Sosun Fihaara

ފިނޭންސް މިނިސްޓްރީން އާއްމު ކުރައްވައިފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ މިހައިތަނަށް އާސަންދައަށް 628 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

މި އަހަރުގެ ބަޖެޓުގައި އާސަންދައަށް ކަނޑައަޅައިފައިވަނީ އެއް ބިލިއަން ރުފިޔާއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި ވަރަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ އިތުރު އަދަދެކެވެ.

އާސަންދައަށް މިދިޔަ އަހަރުގެ ބަޖެޓުގައި ކަނޑައެޅީ 730.9 މިލިއަން ރުފިޔާއެވެ. ބަޖެޓު ހުސްވުމުން ސަރުކާރުން ވަނީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައި އާސަންދައަށް 906.7 މިލިއަން ރުފިޔާ އިތުރުކޮށްފައެވެ. ސަޕްލިމަންޓްރީ ބަޖެޓާއެކު މިދިޔަ އަހަރުގެ އާސަންދަ ބަޖެޓަކީ 1.6 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު އާސަންދައަށް ކުރި ހަރަދު 1.8 ބިލިއަނަށް އަރައެވެ.

މިއަހަރުގެ މިހައިތަނަށް ދައުލަތުގެ ބަޖެޓުން 11 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ކުރި ހޭދައަށް ވުރެ 1.2 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!