ކެޔޮދޫ މިސްކިތުގައި ހުރި ޤުރުއާާން ފޮތްތަކެއް އަނެއްކާވެސް ވީދައިލައިފި

ވ.ކެޔޮދޫގެ މިސްިތެއްގައި ހުރި ޤުރުއާން ފޮތްތަކެއް އަނެއްކާވެސް ވީދާލައިފިއެވެ.
އެ ރަށު ކައުންސިލުން ވިދާޅުވީ، މިދިޔަ އޮކްޓޯބަރު މަހުގައިވެސް ކާކުކަން ނޭނގޭ މީހަކު މިފަދަ ޢަމަލެއް ހިންގި ކަމަށެވެ.
މީގެ ކުރިން، ދިހަވަރަކަށް މުޞްޙަފް ވީދައިލިއިރު، މިފަހަރު ވިއްސަކަށް ފޮތް ވީދައިލައިފައިވާ ކަމަށްވެސް ކައުންސިލުން ހާމަކުރެއްވިއެވެ.
މި މައްސަލަ ދެ ފަހަރުވެސް ފުލުހުންނަށް ހުށަހެޅިއެވެ. ނަމަވެސް ކުށްވެރިން ހޯދިފައެއް ނުވެއެވެ. ކައުންސިލުން ވިދާޅުވީ މިކަމުގެ ތުހުމަތު ކުރެވޭ ބަޔަކު ނެތް ކަމަށެވެ.
އަމިއްލަޔަށް ހުރެފަވީދެނީތަ ކީރިތި ގުރުރުއާނަޒް ކަމޭ ނުހިތަނީތަ