ޗާގޯސް މައްސަލައިގާ ފެންނަނީ ރާއްޖޭގެ ޑިޕްލޮމެސީ ފެއިލްވެފައިވާތަން: ދުންޔާ

ޗާގޯސް މައްސަލައިގާ ފެންނަނީ ރާއްޖޭގެ ޑިޕްލޮމެސީ ފެއިލްވެފައިވާތަންކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ދުންޔާ ވިދާޅުވީ ޑިޕްލޮމޭޓުން ތިބުމުގެ ބޭނުމަކީ ބޭރު ޤައުމަކުން ހުށަހެޅުމެއް ލިބުމުން އެއަށް ވަގުތުން "އާއެކޭ" ބުނުމެއްނޫން ކަމަށެވެ.
"ޗާގޯސް މައްސަލައިގާ ފެންނަނީ ރާއްޖޭގެ ޑިޕްލޮމެސީ ފެއިލްވެފައިވާތަން. ޑިޕްލޮމޭޓުންތިބުމުގެ ބޭނުމަކީ ބޭރުގައުމަކުން ހުށަހެޅުމެއް ލިބުމުން އެއަށް ވަގުތުން "އާއެކޭ" ބުނުމެއް ނޫން. ދިވެހި ޑިޕްލޮމޭޓުންގެ ބޭނުމަކަށްވާންޖެހޭނީ ރާއްޖެ ބޭނުންވާގޮތަށް އެހެން ޤައުމުތަކުގެ ވިސްނުންބަދަލުކުރުން.!" ދުންޔާ ވިދާޅުވިއެވެ.
ދިވެހިރާއްޖެއާއި ޗާގޮސްގެ ޖަޒީރާތަކާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދު ބަހާލުމަށް މޮރިޝަސްގެ ދައުލަތުން ދިވެހި ދައުލަތުގެ މައްޗަށް، އިޓްލޮސްއަށް ހުށައަޅާފައިވާ މައްސަލައިގައި އަންނަ ހުކުރު ދުވަހު ގޮތް ނިންމުމަށް ހަމަޖެހިފައިވާއިރު މިކަމާމެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ.
ކަނޑުތަކާބެހޭ ބައިނަލްއާޤްވާމީ ޓްރައިބިއުނަލަށް މޮރިޝަސްއިން ހުށަހެޅީ ސަރަހައްދީ އިމުގެ މައްސަލަ އެވެ. އެ މައްސަލާގެ އަޑުއެހުންތައް އެ ޓްރައިބިއުނަލުން މިދިޔަ އަހަރު ވަނީ ނިންމައިލައިފައެވެ. އިޓްލޮސްއިން ބުނިގޮތުގައި އެ މައްސަލާގެ ޓްރައިބިއުނަލްގެ ނިންމުން މިމަހުގެ 28 ވަނަ ދުވަހު މެންދުރު އިއްވާނެ ކަމަށެވެ. އެ މަޖިލިސް ލައިވްކޮށް ދައްކާނެ ކަމަށް ވެސް އިޓްލޮސްއިން ބުންޏެވެ.
އެތައް ގައުމަކާ އޮތް ގުޅުމާއި، ކޮމަންވެލްތާ ގުޅުން ކަނޑާލިއިރު، ޑިޕޮލޮމަސީ އޮތީ ދޮންވެ ފައްކާ ވެފައި ދޯ؟