Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ފުލުހުންނާ ސިފައިންގެ މުސާރަ ވެސް ބޮޑު ކުރަނީ

ފުލުހުންނާ ސިފައިންގެ މުސާރަ ވެސް ބޮޑު ކުރަނީ
ދިވެހި ފުލުހުންނާއި ދިވެހި ސިފައިންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްދިނުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހާމަ ކުރައްވައިފިއެވެ. ރައީސް ޞާލިޙު މިކަން ހާމަކުރައްވައިފައިވަނީ، ދިވެހި ފުލުހުންގެ 90 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރޭގެ ޖަލްސާގައި ރައީސް ޞާލިޙު ވިދާޅުވީ ދަޢުލަތް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ އެންމެ މުހިންމު ކަމަކީ، ދަޢުލަތުގެ މުވައްޒަފުންނަށް ރަނގަޅު ގޮތްތައް ހަމަޖައްސައިދިނުން ކަމަށެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނު ވަނީ، ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް، މިދިޔަ އަހަރުގެ ތެރޭގައި ހެޔޮ ބަދަލެއް ގެނެވުނުކަން ފާހަގަކުރައްވައިފައެވެ. އަދި މަތީ ތަޢުލީމު ދޭ ސަރުކާރުގެ މުއައްސަސާތަކުގެ ލެކްޗަރަރއިންގެ މުސާރައަށް ވެސް، މިދިޔަ މާރިޗު މަހުން ފެށިގެން ހެޔޮ ބަދަލެއް ގެނެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އަންނަ މޭ މަހުން ފެށިގެން ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށާއި އެ ބަދަލުތަކުގެ އިތުރު ތަފްޞީލުތައް، ޕޭ ކޮމިޝަނުންނާއި، ހެލްތު މިނިސްޓްރީން މިއަދު އިޢުލާނު ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން، ދިވެހި ފުލުހުންނާއި ދިވެހި ސިފައިންގެ މުސާރައަށް ވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހެޔޮ ބަދަލެއް ގެނެސްދޭނަން. އެކަމާ ބެހޭ ދިރާސާތައް، ޕޭ ކޮމިޝަނުން މިހާރު އެ އަންނަނީ ކުރަމުން. މި ދެންނެވި ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ނިމިގެން ދާއިރު، ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އާންމު ރައްޔިތުންނަށް ދެން އޮތް އެންމެ ބޮޑު އަނެއް ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށާއި، ފުލުހުންނާއި ސިފައިންނަށް ވެސް އެ ދަތިކަން އެބަ އޮތް ކަމަށެވެ.  

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް