Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން މިހާރަށްވުރެ ބަދަހި ކުރުމަށް ދެ މިނިސްޓަރުން މަޝްވަރާކުރައްވައިފި

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން މިހާރަށްވުރެ ބަދަހި ކުރުމަށް ދެ މިނިސްޓަރުން މަޝްވަރާކުރައްވައިފި

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން މިހާރަށްވުރެ ބަދަހި ކުރުމަށް އިންޑިޔާގެ ޑިފެންސް މިނިސްޓަރު ޝްރީ ރާޖްނާތު ސިންގް އާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ މަޝްވަރާ ކުރައްވައިފިއެވެ.

ސިފައިންގެ މައިމަރުކަޒު ބަންޑާރަ ކޮށީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ސަލާމަތީ ކަންކަމާ ބެހޭގޮތުން ދެ މިނިސްޓަރުން ވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ދިފާޢީ އަދި ސަލާމަތީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ވެސް އެއްބަސްވެވަޑައިގެންނެވިއެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރ މާރިޔާ ވަނީ އިންޑިއާ އިން ދިވެހި އަސްކަރިއްޔާއަށް ވެދެއްވާ އެހީތެރިކަން ފާހަގަ ކުރައްވައި އިންޑިއާގެ ސަރުކާރަށާއި އަދި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

Advertisement
Allied — Dhen Online (box)

މި ބައްދަލުކުރެއްވުމަށް ފަހު މިނިސްޓަރ ރާޖްނާތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ބައްދަލުކުރެއްވުމުގައި، އިންޑިޔާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮތް ދިފާޢީ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް