Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ފުލުހުންގެ ބަންދުގައި ހުރެ ފިލި މީހަކު ހޯދަން ފަށައިފި

ފުލުހުންގެ ބަންދުގައި ހުރެ ފިލި މީހަކު ހޯދަން ފަށައިފި

އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ފިލައިފައިވާ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ރަސްދޫގެ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައި ހުރި 25 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެގެ ވަގުތެއްގައި ފިލާފައިވާ ކަމަށެވެ.

އޭނާ ފިލާފައި ވަނީ ގޮޅިން އިއްޔެ ނެރެފައި ހުއްޓައި، ފާރު މަތިން ފުންމާލައިގެންނެވެ.

Advertisement
Ooredoo — Square (box)

އިއްޔެ ފިލި މީހާ އަކީ ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މީހެކެވެ. ނަމަވެސް އޭނާ ބަންދު ކުރީ ކޮން މައްސަލައެއްގައި ކަން ފުލުހުން ހާމައެއް ނުކުރައްވައެވެ.

އެ މީހާ ފިލި މައްސަލައާ ގުޅުވައި، ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައިވާ ގޮތުން، އެ މީހާ ވަނީ ރަސްދޫ ފުލުހުންގެ ސްޓޭޝަންގެ ތަނެއް ފަޅާލައި، ބައެއް ތަކެތި ވަގަށް ގެންގޮސްފައެވެ. ނަމަވެސް ފުލުހުން ވަނީ އެފަދަ ކަމެއް ނުހިނގާކަން ކަށަވަރު ކޮށްދެއްވައިފައެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، އާއްމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޚަބަރު ނުފެތުރުމަށް އިލްތިމާާާސް ކުރައްވާ ކަމަށެވެ.

 

 

 

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް