Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ހިދުމަތް ފަށައިފި

ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ހިދުމަތް ފަށައިފި

ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ހިދުމަތް ދޭން ފަށައިފިއެވެ.

ކެންސަރު ބަލި ތަހައްމަލު ކުރާ މީހުންނަށް ދޭ ކީމޯތެރަޕީގެ ހިދުމަތް އިފުތިތާހުކުރީ އެ ހޮސްޕިޓަލުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޑެޕިއުޓީ ސީއީއޯ އަބްދުލް އަޒީޒް ރިފާއުއެވެ.

އެ ހޮސްޕިޓަލުން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުގެ އެހީތެރިކަމާއެކު، ތިނަދޫ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުން ކެންސަރު ބައްޔަށް ފަރުވާދިނުމަށް ތަމްރީނުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

Advertisement
Allied — Dhen Online (box)

އަދި ދެމެހެއްޓެނިވި ގޮތެއްގައި ކީމޯގެ ހިދުމަތް ދިނުމަށް އެސްޓީއޯގެ ދައުރު ފުޅާކޮށް، ހިދުމަތް މެދުނުކެނޑޭނެ ގޮތް ހެދުމަށް މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

މީގެ އިތުރުން އެތަނުން މި ހިދުމަތް ލިބެން ފެށުމުން ރާއްޖޭގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، ހުވަދު އަތޮޅުހގައި މި ފަރުވާ ހޯދުމަށް އާއިލާތަކުން ކުރާ ހޭދަ އަދި ވަގުތުގެ އިތުރުން އުފުލަން ޖެހޭ ތަކުލީފުތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް