Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ގިރިފުށީގައި މި މަހު ފަހުކޮޅު އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަނީ

ގިރިފުށީގައި މި މަހު ފަހުކޮޅު އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަނީ

މި މަހުގެ ފަހުކޮޅުގައި ކ.ގިރިފުށީގައި އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަން ނިންމާފައިވާކަން މިނިސްޓްރީ އޮފް ޑިފެންސުން އިއްޔެ ހާމަކުރައްވައިފިއެވެ.

ޭއެ މިނިސްޓްރީން ވިދާޅުވީ، އެމްއެންޑީއެފުން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް މެއި 23 އިން 25 އަށް، މިއިން ކޮންމެ ދުވަހެއްގެ 18:30 އިން 21:30 އަށް ގިރިފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ތަމްރީނުތަކުގައި ބަޑިއާއި މިނީފްލެއާރސް ބޭނުންކުރަން ހަމަޖެހިފައިވާ ކަމަށްވެސް މަޢުލޫމާތު ދެއްވައިފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

ބަޑީގެ ވަޒަން ދަތުރުކުރާނީ ގިރިފުށީގެ ރޭންޖްއިން ހުޅަނގު ދެކުނަށް 4100 މީޓަރު ދުރުމިނަށް ކަމަށާއި, މި ތަކެތި ދަތުރުކުރާނެ އެންމެ އުސްމިނަކީ 100 މީޓަރުކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް