ރައީސް ޞާލިޙްގެ ވެރިިކަމުގެ ދުވަސްތައް ހޭދަ ކުރަނީ އިންޑިއާގެ ވަކީލެއްގެ ގޮތުގައި: ސައީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ވެރިގަމުގެ ކޮންމެ ދުވަހެއް ވެސް ހޭދަ ކުރެއްވީ އިންޑިއާގެ ވަކީލެއްގެ ގޮތުގައިކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިކަމާއި ގުޅިގެން ސައީދު ވިދާޅުވީ ނައިބު ރައީސްގެ ވާހަކަފުޅަކީ ވަރަށް ބޮޑު ތެދެއް ކަމަށެވެ. އަދި ރައީސް ޞާލިޙްގެ ކޮންމެ ދުވަހެއް ވެސް ހޭދަކުރީ އިންޑިއާގެ ވަކީލެއްގެ ގޮތުގައި ކަމަށާއި މައްސަލައަކީ ދިވެހި ކަނޑު ރައީސްއަށް ނުފެނުން ކަމަށެވެ. ސައީދު އިތުރަށް ވިދާޅުވީ ދިވެހިންގެ މަސްލަހަތު އިސްކުރުމުގައި ދައުލަތް އިޙްމާލުވުމަކީ ވެސް މައްސަލައެއް ކަމަށެވެ.

Ads by Allied Insurance