އުމަރުގެ ޚިޔާލާއި އާޒިމްގެ ޚިޔާލު ތަފާތު: ކަނޑު ވިއްކާލީ ވަކި ޤައުމަކަށް ކަމަށް ޤަބޫލެއް ނުކުރަން
ޗާގޯސް މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުކުރީ އިންޑިއާގެ ނުފޫޒުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި ނަމަވެސް, އެކަމާ ޚިޔާލު އެގޮތް ނޫން ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އަލީ އާޒިމް މިހެން ވިދާޅުވީ, ޗާގޯސް މައްސަލައިގައި މިރޭ ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުމެއްގައި, ރައީސް ނަޝީދުގެ ފަރާތުން ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
މިރޭގެ ބައްދަލުވުމުގައި އުމަރު ވިދާޅުވެފައިވަނީ, ޗާގޯސް މައްސަލައިގައި ސަރުކާރުން ދުވަސްވީ ސްޓޭންޑެއް ބަދަލުކޮށްފައިވަނީ އިންޑިއާއިން އެދިގެން ކަމަށާއި އެކަމުގެ ހެކި ހުރި ކަމަށެވެ. މިގޮތުން ވިދާޅުވީ, މޮރިޝަސްގެ ފޮރިން މިނިސްޓަރު, އިޓްލޮސްގެ މައްސަލައިގައި އިންޑިއާއަށް ޝުކުރު ދެންނެވެމުން އެކަން ހާމަވެގެންދާ ކަމަށެވެ.
އެކަމަށް އިޝާޜާތް ކުރައްވާ ދެއްކެވި ވާހަކަފުޅުގައި އާޒިމް ވިދާޅުވީ, މިއަދު އެއްމޭޒަކަށް އެއްވެ ގިނަ ޕާޓީތަކެއް ތިބީ ރާއްޖެއިން ބައެއް ގެއްލިގެން އުޅޭތީ, އެބައި ހޯދަން ކަމަށެވެ. އަދި ޚިޔާލު ތަފާތު ނަމަވެސް އެންމެންގެ އަމާޒު ވެސް އެއްގޮތް ކަމަށް ވިދާޅުވެ, އެމަނިކުފާނު އުމަރު ނަސީރުގެ އެ ވާހަކަފުޅަށް ޚިލާތު ތަފާތު ކަމަށް ވިދާޅުވިއެވެ.
“ކަނޑު ވިއްކާލި ވާހަކަ އެއަންނަނީ އެހެންވެކަން ނޭނގެ. ކޮންމެސް ކަމެއް ނުވެ, އަޅުގަނޑުމެންގެ ތެރެއިން އެއްޗެއް ދޭންވީ ސަބަބެއް އަޅުގަނޑަށް ހަމަ އެއްގޮތަކަށް ވެސް ނުވިސްނޭ. ކާކަށް ކަމެއް, ކޮން ގޮތަކަށް ކަމެއް, ކިހިނެތްވީ ކަމެއް ކަމެއް, އެއީ އަޅުގަނޑުމެން ތަޙްޤީޤް ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ.” އާޒިމް ވިދާޅުވިއެވެ.
އާޒިމްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ, އެމަނިކުފާނު އެ މޭޒުދޮށަށް ދިޔައީ, ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދި އެމްޑީޕީގެ މެންބަރެއްގެ ހައިސިއްޔަތުން ކަމަށެވެ. އަދި އެކަމާ ދެކޮޅަށް ނިކުތީ މަޖިލީހުގެ ނިންމުމެއް, މަޝްވަރާއެއް ނެތި ކުރުމުން ކަމަށާއި އެކަމާ ދެކޮޅަށް ތެދުވުމުން ޕާޓީން ކަނޑާލަފާނެތީ, ޖަލަށްލަފާނެތީ އަދި އެހެންވެސް ކަމެއް ވެދާނެތީ ކަންބޮޑުވެ ވަޑައިނުގަންނަވާ ކަމަށެވެ.
“ރާއްޖެއިން ބައެއް ގެއްލިއްޖެ, އެބައި ހޯދަން ޖެހޭ, އެކަން ފޮރުވަން, ފޮރޮޅަން އުޅުނަސް އަޅުގަނޑު ޤަބޫލެއް ނުކުރަން އެކަން ވެދާނެ ކަމަކަށް” އާޒިމް ވިދާޅުވިއެވެ.
އިމުގެ މައްސަލައިގައި ރައީސަށް ޕެޓިޝަން ހުށައަޅަންވީއޭ އަަވަހަށް ރާއްޖޭގެ ކަނޑުގެ ތިންބައި ކުޅަ ދެބައި ގެއްލިގެން ދިއުމުން ވެސް ނައިބް ރައީސް ބަންގާޅަށް ގޮސް ބުނަނީ އެއީ އިންޑިއާ ކަނޑުގެ ހަމަޖެހުމޭ މާދަމާ ފެންނާނެއޭ ބަރަވެލި ކަނޑާއި ހުވަދޫ ކަނޑު އިންޑިއާ އަށް ވިއްކާލާފައި އެއީ އިންޑިއާ ކަނޑުގެ ހަމަޖެހުމޭ ކަން މިހެން ހުރުމުން ރާއްޖޭގެ ކަނޑުވިއްކާލަން ޖެހުނީ އެއީ ކޮން ސަބަބަކާއި ހެދިތޯ ބަލާ އެކަން ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް އެކަނޑުވިއްކާލި މީހުންނަށް އަދަބުދީ ކަނޑުއަތުލަންވީއޭ ވިއްކާލި ކަނޑުއަތުލާށޭ ވިއްކާލި ކަނޑުއަތުލާށޭ ވިއްކާލި ކަނޑުއަތުލާށޭ ވިއްކާލި ކަނޑުއަތުލާށޭ ވިއްކާލި ކަނޑުއަތުލާށޭ ވިއްކާލި ކަނޑުއަތުލާށޭ ވިއްކާލި ކަނޑުއަތުލާށޭ ވިއްކާލި ކަނޑުއަތުލާށޭ ވިއްކާލި ކަނޑުއަތުލާށޭ ވިއްކާލި ކަނޑުއަތުލާށޭ