ޚަބަރު

މަޤްޞަދަކީ ބަރުލަމާނީ ނިޒާމެއް ނޫން، ފެންނަ ނުފެންނަ ވޯޓެއް ރައްޔިތުންނަށް ޙައްޤު: ޙަސަން ލަތީފު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

"ފިކުރެއްގެ ދިރުން" އަށް ސަޕޯޓްކުރައްވާ ފަރާތްތަކުން އުފައްދަވަން މަސައްކަތް ކުރާ ސިޔާސީ ޕާޓީގެ މަޤްޞަދަކީ ދިވެހި ރާއްޖެއަށް ބަރުލަމާނީ ނިޒާމު ކޮންމެހެން ގެނައުން ނޫންކަމަށާއި އެހެންނަމަވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި ބެހޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން އެއީ މިވަގުތު ރައްޔިތުންނަށް ޙައްޤު މިންވަރެއް ކަމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފު ވިދާޅުވެއްޖެއެވެ.

Ads by STELCO

ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ރާއްޖޭގައި އޮންނަން ފެންނަކީ ކޮންކަހަލަ ވެރިކަމެއްގެ ނިޒާމެއްތޯ ބުނުމުގެ ފުރުސަތެއް ދިވެހި ރައްޔިތުންނަށް ލިބުމަކީ ޙައްޤު މިންވަރެއްކަމަށެވެ.

"އަޅުގަނޑުމެންގެ މަޤްޞަދަކީ ދިވެހި ރާއްޖެއަށް ބަރުލަމާނީ ނިޒާމު ކޮންމެހެން ގެނައުމެއްނޫން  އެހެންނަމަވެސް އަޅުގަނޑުމެން އެންމެން އެއްކޮށް މަސައްކަތް ކުރާއިރު އެކިއެކި ބޭބޭފުޅުންގެ ވިސްނުން އަޅުގަނޑަށްވެސް އެނގޭ. އަދި އޭގެ ތެރޭގައި އެއްގޮތްވާ ހަމަގައިމުވެސް އަޅުގަނޑު ގަބޫލުކުރާގޮތުގައި ދިވެހި ރައްޔިތުންނަށް ފުރުސަތެއް ލިބުމަކީ އެރައްޔިތުންނަށް ހައްގު މިންވަރޭ ރާއްޖޭގައި އޮންނަން ފެންނަކީ ކޮންކަހަލަ ވެރިކަމެއްގެ ނިޒާމެއްތޯ ބުނުމުގެ ފުރުސަތެއް ލިބުމަކީ އެއީ އާއްމު ވޯޓެއް އެއީ ފެންނަ ނުފެންނަ ވޯޓަކުން ކުރާ ކަމެއް އެހެންވީމަ އެމިންވަރު އެއީ ޙައްޤު މިންވަރު ކަމަށް އަޅުގަނޑު ޤަބޫލުކުރަން" ޙަސަން ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ 2007 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އޮންނަން ފެންނަ ނިޒާމާއި ގުޅޭ ގޮތުން ބަހުސް ކުރެވި މަޝްވަރާ ކުރެވިފައި ނުވާކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން މަޝްވަރާއެއް ކުރެވި ވޯޓެއްނެގި ނުވަތަ ރައްޔިތުންނަށް ފެންނަގޮތް ބެލެވިފައެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ފެންނަ ނުފެންނަގޮތެއްގައި އެކަމާއި ގުޅޭގޮތުން މަޝްވަރާއެއް ކުރެވި ވޯޓެއްނެތި ނުވަތަ ރައްޔިތުންނަށް ފެންނަގޮތް ބެލެވިފައެއް ނެތް އެހެންވީމަ އަޅުގަނޑު ހިތުން ބައިވަރު މައްސަލަތަކެއް އެބަހުރިކަމަށް އެންމެންވެސް އެބަ ޤަބޫލު ކުރޭ ޤާނޫނު އަސާސީގައި އަދި ވެރިކަމުގެ ނިޒާމުގައި ހުރި މައްސަލަތަކަކާއި ހުރި ސަރުކާރު ހިނގަން ރައްޔިތުން ބޭނުންވާ ގޮތަށް ނުހިންގިގެން ދާތަން" ޙަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ މިހުރިހާ ކަމަކާއެކީގައި ރައްޔިތުން  ބޭނުންވާ ގޮތެއް އޭގައި ބުނެވޭނެ ގޮތެއް ހޯދައިދިނުން އެއީ ރައްޔިތުން އެދޭކަމެއްކަމަށެވެ. އެގޮތުން ނިޒާމާއި ބެހޭ ގޮތުން ފެންނަ ނުފެން ވޯޓެއް ރައްޔިތުންނާއި ހަމައަށް ލިބުން އެއީ ރައްޔިތުން ބޭނުންވާ ކަމެއް ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

  1. ބިރުބޮޑު

    ތިޔަައީ ހަމަމަކަރެއްގެ ދިރުން އުޅެނީ ބަރުލަމާނީ ހަދަން އޮޅުވާލަން ނޫޅެ ވަރަށް ވަރަށް ސާފް

  2. އަބްދޫ

    ގައުމެއްގަ އޮންނަނިޒާމާ ބެހޭ ވޯތަކީ އިރުއިރު ކޮޅުން ނަގަންޖެހޭ އެއްޗެއްނޫން. ވަކި މީހަކު ބޭނުންވީމަ ނިޒާމީ ވޯޓް . އެހެން ނަގާކަށް ނުޖެހޭނެ . 1953 ގަ ނިޒާމީވޮޓް އަނެއްކާ އެ އަހަރުގަ ނިޒާމީ ވޯޓް 1968 ގަ ނިޒާމީ ވޯޓް 2008 ވަނަ އަހަރު ނިޒާމީ ވޯޓް. ދެން ނިޒާމީ ވޯޓް ނަގަން ނުޖެހޭނެ. 1968 އާހަމަޔަށް މިގައުމު ހިގަމުންދިޔައީ ރަސްކަލަކާއި ބޮޑުވަޒީރަކު ހުރެގެން ބަރުލަމާނީގަ. ގައުމު އޮތީ ފަގީރު ހާލުގަ. 1968 ންފެށިގެން ރިޔާސީ ނިޒާމް ބަދަލުވެ ރާއްޖެ ތަރައްގީވެ ރައްޔިތުންނަށް ތައުލީމާ ސިއްހަތު ލިބެން ވަނީ ފަށާފަ، މިހާރުވެސް ގައުމަށް ލިބޭއާމަދަނީއަށް ބަލާއިރު 2008 ގެފަހުން ކުރިއެރުން ވަނީ މަޑުޖެހިފަ. އެމްޑީޕީ ގެ ދެވެރިކަމަކީ ވެސް ގައުމަށް ބޮޑެތި ގެއްލުންދިން ދެވެރިކަން. ވަގު ނަސީދު ގެ ބަލާ އިން ގައުމު ސަލާމަތް ކުރަންޖެހޭ.

  3. ސެއްޅި

    ބަލަ ދިވެހިންނަކީ މޮޔައިންނޭތަ ތިބުނަނީ…؟؟

  4. ރައްޔިތުން ނޭ ކިޔާގެން ވާހަކަ ނުދައްކާ ރަޔިތުން ހަމަޔައް ނޭވާ އެައް ލިޔަނުދޭ