މޫލީގެ "އެންމެ އަގު ހެޔޮ ސޭލް" ފަށައިފި، 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓް
އެންމެ އަގު ސޭލް" ގެ ނަމުގައި އުރީދޫގެ އޮންލައިން ވިޔަފާރި ޕްލެޓްފޯމް މޫލީގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އުރީދޫން ބުނީ މި ޕްރޮމޯޝަންގެ ދަށުން މަގްބޫލް ބްރޭންޑްތަކުގެ ސްމާރޓްފޯނާއި އެކްސެސަރީޒް، %80 އާއި ހަމައަށް ބޮޑެތި ޑިސްކައުންޓްތަކާއެކު މާރކެޓްގައި ލިބެންހުރި އެންމެ ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގަނެވޭނެ ކަމަށާއި ރާއްޖޭގެ ކޮންމެހިސާބަކަށް ވެސް މުޅިން ހިލޭ ޑެލިވަރ ކޮށްލެވޭނެ ކަމަށެވެ.
މި ޕްރޮމޯޝަންގައި، އައިފޯން، އެޕަލް ވޮޗް، އެއަރޕޮޑްސް، ސެމްސަންގް ފޯނު އަދި ގަޑީގެ އިތުރުން ވާވޭގެ މަގްބޫލް ފޯނުތައް ގަނެވޭނެއެވެ.
އުރީދޫން ބުނީ ޕްރޮމޯޝަންގެ ދަށުން ލިބެންހުރި ޑިވައިސްތައް، މޫލީ ވެބްސައިޓް އަދި އުރީދޫ އެޕުގައި "މޫލީ އަގު ހެޔޮ ސޭލް" ސެކްޝަނުން ފެންނާނެކަމަށާއި މި ސޭލް މެދުވެރިކޮށް ފޯނު، އެއަރޕޮޑް ނުވަތަ ގަޑި އަޕްގްރޭޑް ކުރެވޭނެކަމަށެވެ.
މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިންގ އެކްސްޕީރިއެންސް އެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓަރންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ޚިދުމަތްވެސް މޫލީއިން ފޯރުކޮށްދެއެވެ.
މި ޕްލެޓްފޯމްގެ ޚާއްޞަ އަނެއްކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއި އެކު ކުރިޔަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުޞަތު ފަހިވެގެންދިއުމެވެ. މި ޚިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުޞަތު އުރީދޫއަށް ވަނީ ފަހިވެފައެވެ.