ރިފްއަތުގެ އިތުބާރު ނެތް މައްސަލަ މާދަމާ އަށް ތާވަލުކޮށްފި

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް ތާވަލުކޮށްފިއެވެ.
13 މެމްބަރުންގެ ސޮޔާއެކު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ރާއްޖެއާއި މޮރިޝަސްގެ ސަރަހައްދީ އިމުގެ މައްސަލައިގައެވެ. އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި, ރާއްޖޭގެ ވަކީލެއްގެ ގޮތުގައި ރިއްފަތު މަސައްކަތްކޮށްފައިވަނީ ރާއްޖޭގެ މަސްލަހަތު އިސްނުކޮށެވެ.
މާދަމާއަށް މި މައްސަލަ އެޖެންޑާކުރައްވާފައިވާއިރު، މައްސަލައަށް ޖަވާބުދާރީވުމަށް ބަންޑާރަ ނާއިބަށް 30 މިނެޓުގެ ވަގުތެއް ދެއްވުމަށް މަޖިލީހުގެ އާއްމު ކޮމިޓީން ވަނީ ނިންމަވާފައެވެ.
މަޖިލީހުގައި މިނިސްޓަރެއްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ މެންބަރުންގެ ދެބައިކުޅަ އެއްބައިގެ އަޣުލަބިއްޔަތު ހާސިލްވެގެންނެވެ. އެހެންކަމުން ރިފްޢަތުގެ އިތުބާރު ނެތްކަމަށް ފާސްކުރެވޭނީ މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން 43 މެންބަރުންގެ ތާއިދާއެކުގައެވެ.