Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހިޔާ ހިމެނޭހެން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

ހިޔާ ހިމެނޭހެން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ
ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ. ސްޓެލްކޯއިން ބުނީ މައްސަލަ ދެނެގަނެ ހައްލު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަމަށެވެ.
"ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި. މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން" ސްޓެލްކޯއިން ބުނެފައިވެއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ދެވަނަ ފިޔަވަހީގެ އިތުރުން ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުންވެސް ކަރަންޓު ވަނީ ކެނޑިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް