Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރޭ އަނިޔާވެރި ގޮތަކަށް މަލާރި ޒުވާނާގެ ޖަނާޒާ އަޞުރަށްފަހު

ރޭ އަނިޔާވެރި ގޮތަކަށް މަލާރި ޒުވާނާގެ ޖަނާޒާ އަޞުރަށްފަހު

ސ. މަރަދޫފޭދޫގައި ރޭ ހިންގި މާރާމާރީގައި މަރުވި 27 އަހަރުގެ ޒުވާނާގެ ޖަނާޒާގެ ކަންކަން މިއަދު އަޞުރު ނަމާދަށްފަހު ކުރިޔަށްދާނެއެވެ.

ބްލޫ ސްޓާ އަހުމަދު ޝުއައިބް، 27، ގެ ޖަނާޒާ އޮންނާނީ އަސުރަށް ފަހު މަސްޖިދުލް އަލީގައެވެ.

އޭނަ މަރުވީ 25 އަހަރުގެ ކޮއްކޮ ތޫނު އެއްޗަކުން ރޭ ދަންވަރު ދިން ހަމަލާތަކެއްގައި ލިބުނު ގެއްލުންތަކަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފަރުވާ ދެމުން ދަނިކޮށެވެ. ބޭބެގެ ކަރަށް ހަމަލާދިނީ ކަތުރަކުން ކަމަށް ވަނީ އެނގިފައެވެ.

Advertisement
Ooredoo — Truecaller (box)

އެނގިފައިވާ ގޮތުގައި ދެބެއިންގެ މެދުގައި މާރާމާރީ ހިންގީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް