މާދަމާގެ ޖަލްސާއަށް ރިއްފަތުގެ އިތުބާރުގެ މައްސަލަ އެޖެންޑާކޮށްފި
 
                                                        ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހިިމް ރިއްފަތުގެ އިތުބާރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
13 މެމްބަރުންގެ ސޮޔާއެކު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ރާއްޖެއާއި މޮރިޝަސްގެ ސަރަހައްދީ އިމުގެ މައްސަލައިގައެވެ. އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި, ރާއްޖޭގެ ވަކީލެއްގެ ގޮތުގައި ރިއްފަތު މަސައްކަތްކޮށްފައިވަނީ ރާއްޖޭގެ މަސްލަހަތު އިސްނުކޮށެވެ.
ނިމިދިޔަ ހަފްތާގެ ބުދަ ދުވަހު ބޭއްވި ޖަލްސާގައި ވެސް މިިމައްސަލަވަނީ އެޖެންޑާކޮށްފައެވެ. އެހެންނަމަވެސް އެދުވަހުގެ ޖަލްސާއަށް އޭނާ ހާޒިިރުނުވެ ލިޔުމުން ޖަވާބުދާރީވުމުން އެދުވަހު އެމައްސަލަ ކުރިއަށް ނުގެންދެއެވެ.
އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައިވެސް މާދަމާގެ ޖަލްސާގައި އޮތީ ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެވެ. މިމައްސަލާގައި ރިއްފަތަށް މަޖިލީހުގައި ޖަވާބު ދާރީވާން 30 މިނިޓް ލިބިގެންދާނެކަމަށް ބުނެފައިވެއެވެ. އެއީ ބަހުސް ފެށުމުގެ ގޮތުން 10 މިނިޓް މެދުތެރެއިން 10 މިނިޓް އަދި ނިންމުމަށް 10 މިނިޓެވެ.
 
  
 
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
 
		
މަޖިލިސް މެމްބަރުން ސާފުކުރަން ބޭނުން ކަންކަން މަޖިލިހަށް ހާޒިރުވެ ޖަވާބް ދާރީވާންޖެހޭނެ ބަންޑާރަނައިބް އެއީ އެއްވެސް ސުވާލެއް އޮތްކަމެއްނޫން
މިސަރުކާރު އައިސްގެން މީނާ ޔަހޫދީން ގެނެސްގެން ޝަރުޢީ ނިޒާމް ހަރާބްކޮށް ފަޑިޔާރުންނަށް ބިރުދެއްކި ދުވަސްވެސް ހިގައްހެ ، ޖީއެމްއާރު މެދުވެރިކިށް ދައުލަތުގެ އެތަކެއް ފައިސާ ޖީބަށްލައިގެން ހުރިމީހެއް ކަންޑު ވިއްކާލިމީހެއް ، ބޭރުކުރަން ޖެހޭ ވަގުތުން !