މަޖިލީހުގެ ރައީސްކަމުން އަޅުގަނޑު ވަކިނުކުރެވޭނެ: ރައީސް ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުން ވަކި ކުރެއްވުމަށް މަސައްކަތް ކުރެވޭނެ މެންބަރަކު މަޖިލީހުގައި ނުހުންނަވާނެ ކަމަށާއި, އެކަން ނުކުރެވެނެ ކަމަށް, މަޖިލީހުގެ ރައީސް, މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދުގެ މަޖިލީހުގައި ރައީސް މުޙައްމަދު ނަޝީދު ކަންތައް ކުރައްވާ ގޮތުން ބައެއް މެންބަރުން ނުހުރުންފާޅު ކުރައްވާ ދެއްކެވި ވާހަކަފުޅު ދެއްކެވުމުން އެކަމަށް ދެއްވި ޖަވާބުގައެވެ.
އެގޮތުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ޝަރީފް ވަނީ މިއަދުގެ މަޖިލިސް ކުރިޔަށް ގެންދަމުންދަނީ ޤަވާއިދާ ޚިލާފަށް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
އެކަމަށް ރައްދު ދެއްވަމުން ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ, އެމްޑީޕީ މެންބަރުންނަށް މަޖިލީހުގެ މެޖޯރިޓީ އޮވެ, ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމުން ދުރުނުކުރަނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.
“މި މަޖިލީހުގެ 100 ޕަސެންޓް އިތުބާރު އަޅުގަނޑަށް އޮތްކަން އަޅުގަނޑަށް ޔަޤީން ކަށަވަރު. އެންމެ އިއްޒަތްތެރި މެންބަރަކު ވެސް ނެތޭ, މި ރިޔާސަތަށް އިތުބާރު. ނުކުރާ” އާޒިމްގެ ވާހަކަފުޅަށްފަހު ރައީސް ނަޝީދު ވިދާޅުވިއެވެ.
އޭގެފަހުން ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަޙްމަދުގެ ވާހަކަފުޅުގައި ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އަދި އެމްޑީޕީގައި ހުރިހާ ހިނދަކު މަޖިލީހުގެ ރައީސްކަން ކުރެވޭނެ ކަމަށާއި ޕާޓީ ދޫކުރައްވާ ދުވަހު މަޖިލީހުގެ ރައީސް ކަމުން ދުރުކުރާނެ ކަމަށް ވިދާޅުވިއެވެ.
“އެމްޑީޕީގައި ހުރިހާ ހިނދަކު މަނިކުފާނު އަޅުގަނޑުމެން ތިގޮނޑީގައި ބައިންދާނަން. އެއީ މަނިކުފާނުގެ އަސްލު ސޫރަ ރައްޔިތުންނަށް ދައްކައިދިނުމަށްޓަކައި. މާދަމާ ވެސް ޕާޓީ ބަދަލުކުރާ ހިސާބުން މަނިކުފާނެކޭ, މަޖިލީހުގެ ނައިބު ރައީސެކޭ އެއް ހާލަތެއްގައި އެކަންކޮށް ނިންމާނަން” މަޖިލީހުގެ ނައިބު ރައީސް އީވާ, މަޤާމުން ވަކިކުރަން އެމްޑީޕީގެ 50 މެންބަރުންގެ ސޮއިއާއެކު ވަނީ ހުށަހަޅާފައެވެ.
އެވާހަކަފުޅަށް ރައީސް ނަޝީދު ވަނީ ރައްދު ދެއްވާފައެވެ.
”އިއްޒަތްތެރި މެންބަރު އެދިވަޑައިގަތަސް, އަޅުގަނޑު މި ރިޔާސަތުން ނެގުމަށް, ވަކި ކުރުމަށް މަސައްކަތްޕުޅު ނުކުރައްވާނެކަން, އެއީ އަޅުގަނޑުގެ ހިތުގައި އެއްވެސް ވަރަކަށް ޝައްކު އުފެދޭ ކަމެއް ނޫން.” އިސްމާއީލް އަޙްމަދަށް ރައްދު ދެއްވަވާ ރައީސް ނަޝީދު ވިދާޅުވީ, އެމަނިކުފާނު ގޮނޑިން ބޭލުވޭނެ މެންބަރަކު ނެތް ކަމަށެވެ. “އަޅުގަނޑު ތަކުރާރުކޮށް މި ދަންނަވަނީ އެއްވެސް މެންބަރަކު ނެތް, މި ގޮނޑިން އަޅުގަނޑު ދުރަށްލާން މަސައްކަތް ކުރައްވާނެ އަދި އެއްވެސް ބޭފުޅަކަށް އެކަމުގައި ނުވެސް އުޅުއްވޭނެ, އުޅެއްވޭކަށް ނުވެސް ނެތް.”
އަސްލުވެސް އިންޑިޔާއިން ހުރިހާ މެމްބަރުން ގަނެލާފައި ތިބީ
ކީރިތި ގުރްއާނުގަ ހައްދު ކަނޑަ އެފަިވާ ކުށެއް ސަބިތުވެފަިވަ މިހަކަށް މެމްބަރަކަށް ނުވެވެނެ ކަމަށް އިސްކާގުގެނޭ އޭރުން ގޮނޑި ގެއްލިދާނެ.
ތިގޮނޑިން ބޭރުކޮށްފާނެތީ ބިރުން ތެޅެނީ ދޯ!!