ޚަބަރު

މިނިސްޓަރ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާއިން ނަގައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ޗާގޯސް މައްސަލާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ ވަނިކޮށް، އެ މައްސަލަ އެޖެންޑާއިން ނަގައިފިއެވެ.

Ads by Sosun Fihaara

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޝާހިދުގެ އިތުބާރުނެތް ކަމުގެ މައްސަލަ މާދަމާގެ އެޖެންޑާއިން ނެގީ، މަޖިލީހުގެ އާންމު ކޮމިޓީއާ އެކު ދާއިމީ ކޮމިޓީތަކުގައި ތިއްބަވާ މެމްބަރުން އަލުން އެކުލަވާލުމުގެ މަސައްކަތް ނުނިމޭތީއެެވެ.

ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ 13 މެންބަރުން ސޮއި ހިމަނައިގެންނެވެ.

މިކަމާއި ގުޅިގެން އިދިކޮޅުން ވިދާޅުވަނީ ޗާގޮސް މައްސަލާގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިއުމުން ނުވަތަ ވިއްކާލުމުން ރާއްޖޭގެ މަސްވެރިންނަށް އެހިސާބަށް ނުދެވުމަކީ މިނިސްޓަރު ޝާހިދުގެ އިހުމާލެއް ކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އިދިކޮޅުން ވިދާޅުވެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!