Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރައީސް ނަޝީދު އަދި ޕީޕީއެމުން މިހާރު ކުރައްވާ ކަންކަމުން 2023 ރައީސް ޞާލިޙަށް ކާމިޔާބު ކުރަން ފަސޭހަވާނެ

ރައީސް ނަޝީދު އަދި ޕީޕީއެމުން މިހާރު ކުރައްވާ ކަންކަމުން 2023 ރައީސް ޞާލިޙަށް ކާމިޔާބު ކުރަން ފަސޭހަވާނެ

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި އިދިކޮޅުން މިހާރު ކުރައްވާ ކަންކަމުން 2023ގެ ރިޔާސީ އިންތިހާބު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކާމިޔާބު ކުރަން ފަސޭހަވާނެ<span class="Apple-converted-space"> ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު، އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.</span>

އިކްރާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު މަޖިލީހުގައި އޭޖީގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި އިދިކޮޅުން ހިނގި ހަމަނުޖެހުމަށް ޝުކުރުދަންނަވާ ކަމަށެވެ. ޕީޕީއެމް މެމްބަރުންގެ އިތުރުން ރައީސް ނަޝީދަށް ވެސް އިކްރާމް ވަނީ ޝުކުރު ދަންނަވާފައެވެ.

“ތިޔަ ކުރައްވާ މަސައްކަތުން ރައީސް ޞާލިޙް 2023 ކާމިޔާބު ކުރަން ބޮޑުކޮށް ފަސޭހަވާނެ” އިކްރާމް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

އިކްރާމް މިފަދައިން ވިދާޅުވީ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރިފްޢަތު މަޖިލީހަށް ހާޒިރުކުރި ނަމަވެސް ގިނަ މެމްބަރުން، ނިޒާމީ މައްސަލަ ނަންގަވައި މަޖިލީހުގައި އަޑުގަދަ ކުރައްވަން ވަނީ ފަށާފައެވެ.

މިއާއެކު މަޖިލީހުގައި ތިއްބަވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން މަޝްވަރާ ކުރެއްވުމަށް މަޖިލިސް ވަނީ މެދުކަނޑައިލާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް