ޚަބަރު

އެމެރިކާއިން ރާއްޖެއަށް 111 މިލިއަން ރުފިޔާގެ އެހީއެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމެރިކާއިން ރާއްޖެއަށް 111 މިލިއަން ރުފިޔާގެ އެހީއެއް ދިނުމަށް ނިންމައިފިއެވެ.

Ads by Sosun Fihaara

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްުުޔާތެއްގައި ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރިމަންޓް އަށް 10 ވަނަ އިސްލާހު ގެނައުމާއި ގުޅޭ ލިޔުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޚަލީލްއެވެ. އެމެރިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޔޫއެސްއެއިޑްގެ މިޝަން ޑައިރެކްޓަރ ގެބްރިއަލް ގްރައުއެވެ.

ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރިމަންޓަށް ގެނެވުނު އިސްލާހާއެކު ރާއްޖެއަށް އިތުރު 7.2 މިލިއަން ޑޮލަރު ނުވަތަ 111 މިލިއަން ރުފިޔާ އެހީގެ ގޮތުގައި ފޯރުކޮށްދޭނެއެވެ.

މިއާއެކު މި އެއްބަސްވުމުގެ ދަށުން އެމެރިކާއިން ފޯރުކޮށްދޭޭ އެހީގެ ޖުމްލަ 36.1 މިލިއަން ޑޮލަރަށް އަރާނެއެވެ.

Ads by HDC
  1. އެމެރިކާ އަށް ޖާސޫސު ކޮށްދޭ މަތިން ފަޤީރު ޤައުމުތަކަށް ބަހާ ފައިސާ ، އަފުއަނިސްތަނުގެ މުޖަހިދުންވަނީ އެމެރިކާ ސައިޒު ތިރިއަރުވާލާފައި ދެން އެމެރިކާ ދެކެ މިދު ބަޔަކު ބިރުން އުޅޭކަށް ނުޖެހޭ !