އިދިކޮޅު ޕާޓީތަކުގެ ވެރިންގެ ރާވައިގެން އަމިއްލަ މަންފާއަށް އާންމު މެންބަރުން ލައްވާ ދީނާ ޚިލާފުކަންކަން ކުރުވާ: ނަޒީރު
އިދިކޮޅު ޕާޓީތަކުގެ ވެރިންގެ ރާވައިގެން އަމިއްލަ މަންފާއަށް އާންމު މެންބަރުން ލައްވާ ދީނާ ޚިލާފުކަންކަން ކުރުވާ ކަމަށް އަދާލަތު ޕާޓީގެ ތަރުޖަމާނު އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.
ނަޒީރު މިހެން ވިދާޅުވީ, ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު އިދިކޮޅު ޕީޕީއެމް-ޕީއެންސީން ކުރިއަށްގެންދިޔަ އެއްވުމުގައި ބައިވެރިވި ފަރާތްތަކުން ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ މުޙައްމަދު ޢިޔާޒު ޢަބްދުއްލަތީފްއާ މަގުމަތިން ދިމާކޮށްލުމުން އެކަން ކުށްވެރިކޮށް މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ނަޒީރު ވިދާޅުވީ, ޑރ. އިޔާޒާ މަގުމަތިން ދިމާކޮށް، އިސްލާމުން އެކަކު އަނެކަކަށް ރައްދުކުރުން ނަހީކުރައްވާފައިވާ ބަސްތަކުން މުޚާތަބުކޮށް ޕީޕީއެމް-ޕީއެންސީއިން ހިންގި ދަށުދަރަޖައިގެ ހުތުރު އަމަލު ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
މިކަމުން ދޭހަކޮށްދެނީ އިދިކޮޅު ޕާޓީތަކުގެ ވެރިންގެ ރާވައިގެން އަމިއްލަ މަންފާއަށް އާންމު މެންބަރުން ލައްވާ އިސްލާމް ދީނާއި ޤާނޫނުތަކާއި އަދި އާންމު އަޚުލާގީ މިންގަނޑާ ޚިލާފުކަންކަން ކުރުވާކަން ކަމަށް ނަޒީރު ވިދާޅުވި އެވެ. އަދި މިފަދަ ހުތުރު ޢަމަލުތަކުގެ ސަބަބުން އަދާލަތުގެ ޢިލްމުވެރިންގެ މަސައްކަތް ނުހުއްޓުވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މުޅި ޕީޕީ އެމް ފޭލްވެއްޖެ