ޚަބަރު

ޕީޕީއެމްއަކީ ޓެރެރިޒަމްއަށް ހިތްވަރުދޭ ޕާޓީއެއް: ޑރ. އިޔާޒް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިދިކޮޅު މައި ޕާޓީ, ޕީޕީއެމްއަކީ ޓެރެރިޒަމްއަށް ހިތްވަރުދޭ ޕާޓީއެއް ކަމަށް, ދީނީ އިލްމުވެރިޔާ ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ މުޙައްމަދު ޢިޔާޒު ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

Ads by MWSC

އިޔާޒް މިހެން ވިދާޅުވެފައިވަނީ, ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު އިދިކޮޅު ޕީޕީއެމް-ޕީއެންސީން ކުރިއަށްގެންދިޔަ އެއްވުމުގައި ބައިވެރިވި ފަރާތްތަކުން އިއްޔެ އިޔާޒްއާ މަގުމަތިން ދިމާކޮށްލާފައިވަނިކޮށެވެ.

އިއްޔެެގެ ހާދިސާ ކުށްވެރިކޮށް މީހަކު ކުރި ޓްވީޓަކަށް ޝުކުރު ދަންނަވަމުން އިޔާޒް ވިދާޅުވެފައިވަނީ ހަޤީޤަތުގައި ޕީޕީއެމްއަކީ ޓެރެރިޒަމްއަށް ހިތްވަރުދޭ ޖަމާއަތެއް ކަމަށެވެ.

އިތުރު ޓްވީޓެއްގައި އިޔާާޒް ވިދާޅުވީ ޕީޕީއެމްގައި ތިބީ އަޚްލާޤެއް ނެތް މީހުން ކަމަށެވެ. އަދި ރައީސް ޔާމީނުން ފެށިގެން ޕީޕީއެމްގެ އެކްސްޓިވިސްޓުންނަކީ ވެސް މިފަދަ ބައެއެއް ކަމުގައި ވިދާޅުވިއެވެ.

ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހިލޭސާބަކަށް ގިނަ މަސައްކަތްތަކެއް ކުރައްވާ އިޔާޒަށް ފުރައްސާރަކޮށް، ދިމާކޮށްލީ މަޖިލީދީމަގު، ސޯޝަލް ސެންޓަރު ކައިރިންނެވެ.

އެއްވުމުގެ ބައިވެރިވިން ތިބި ސަރަހައްދުން ސައިކަލުގައި އިޔާޒު ދަނިކޮށް އޭނާ އަށް ހުރަސްއަޅަން މަސައްކަތް ކުރީ އިދިކޮޅަށް ނިސްބަތްވާ އަންހެނުން ސަޕޯޓަރުން ތަކެކެވެ. އެގޮތުން އިޔާޒުގެ ސައިކަލުގެ ފަހަތުން އެމީހުން ދުވެފައިވާއިރު ހަޑި ހުތުރު އެއްޗެހި ވެސް އިޔާޒްއާ ދިމާލަށް ކިޔާފައިވެ އެވެ. އިޔާޒު ވަނީ ބާރު ސްޕީޑެއްގައި އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ.

އިޔާޒަކީ އަބަދު ވެސް ކުރީގެ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވާ ބޭފުޅެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!