Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އަޅުގަނޑުގެ ސަރުކާރެއްގެ އެންމެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި މެޑިކަލް އިންޝުއަރަންސް ކާޑެއް ތަޢާރަފްކުރާނަން: ނާޒިމް

އަޅުގަނޑުގެ ސަރުކާރެއްގެ އެންމެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި މެޑިކަލް އިންޝުއަރަންސް ކާޑެއް ތަޢާރަފްކުރާނަން: ނާޒިމް

ދަނގެތީ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ސަރުކާރެއްގެ އެންމެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި މެޑިކަލް އިންޝުއަރަންސް ކާޑެއް ތަޢާރަފްކުރާނެ ކަމަށް ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ބޭސްފަރުވާއަށް ސަލާން ޖެހުން ނިމުމަކަށް ގެނެސް، ހެލްތް އިންޝުއަރަންސްގައި ހުރި ދަރަޖައިގެ ތަފާތުތައް ނައްތާލާނެ ކަމަށެވެ.

އަދި ރާއްޖެ ތަރައްޤީ ކުރާނީ ޕްލޭންކޮށްގެން ކަމަށާއި ތަރައްޤީގެ ޕްލޭން ކޮންމެ ސަރަޙައްދަކަށް ވަކިން ތައްޔާރުކުރާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. “އަޅުގަނޑު ދިވެހި ރައްޔިތުންނަށް ފަޚުރުވެރި ރާއްޖެއެއް ބިނާކޮށްދޭނަން”ނާޒިމް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

އިލެކްޝަންސްކޮމިޝަނުންނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެެވެ.

ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ފަރާތުން ނާޒިމް ވާދަކުރައްވާއިރު އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ ރައީސް ޞާލިޙެވެ. ޖުމްހޫރީ ޕާޓީ (ޖޭޕި)ގެ ޓިކެޓުގައި ވާދަކުރައްވަނީ ގާސިމް އިބްރާހިމްއެވެ. އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް