ޚަބަރު

ސީޝެލްސްގެ ރައީސް ރާއްޖެއިން ފުރާވަޑައިގެންފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި ސީޝެލްސްގެ ފުރާވަޑައިގެންފިއެވެ.

Ads by Sosun Fihaara

ސީޝެލްސްގެރައީސްގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންނެވުމުން އެ ދެކަނބަލުންނަށް ރާއްޖެއިން ރަސްމީގޮތުން މަރުޙަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

މި ދަތުރުފުޅުގައި ދެޤައުމުގެ ލީޑަރުން ބައްދަލުކުރައްވައި ދެޤައުމުގެ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވަވައި ދެޤައުމުގެ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތައް ބަދަލުކުރައްވައި ދެޤައުމުގެ ލީޑަރުން މީޑިޔާއާ ބައްދަލުކުރައްވައި ގުޅިފައިވާ ބަޔާންނެއް ދެއްވާފައިވެއެވެ.

ސީޝެލްސްގެރައީސްގެ ދެކަނބަލުންގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ ދެކަނބަނލުން ވަނީ މެންދުރުގެ ފަރިއްކޮޅެއް ދެއްވާފައެވެ.

މި ފަރިއްކޮޅުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީސީޝެލްސްގެ ރައީސްގެ އަނބިކަނބަލުންނާ ބައްދަލުކުރައްވާފައެވެ. އަދި އެ ދެބޭފުޅުން ވަނީ ހުޅުމާލޭގައި ހުންނަ ދައުލަތުގެ ފަރާތުން ބަލަހައްޓާކުޑަކުދިން ތިބޭ މަރުކަޒު "ފިޔަވަތި"އަށް ޒިޔާރަތްކުރައްވާފައެވެ. ސީޝެލްސްގެ ރައީސް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސީޝެލްސްގެރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.

މި ފުރަމާނަ ދަރުފުޅުގެ ނިމުން ފާހަގަކޮށް ދެޤައުމު ގުޅިގެން، ޖޮއިންޓް ކޮމިއުނިކޭއެއް ނެރެފައިވާއިރު ދެ ޤައުމުގެ އެކުވެރިކަމުގެ ގުޅުން އެގޮތުގައި ކުރިޔަށްގެންދިއުމާއި ދެ ޤައުމަށްވެސް ފައިދާހުރި ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރަމުން ގެންދާނެކަން ފާހަގަކުރައްވާފައިވެއެވެ

Ads by HDC
  1. ކަނޑުވިއްކާވަގު

    ކަނޑުވިއްކާލި ފައިސާ ގަނޑު ހިފައިގެން އައިސް ރައީސް އިބޫ އާއި ހަވާލުކޮށްފައި ވަގުކަލޭގެ ފުރައިގެން ދަނީދޯ ސީޝެލްސް ގެ ރައީސް އައީ ކަނޑުވިއްކާލި ފައިސާ ގަނޑު ހިފައިގެންނޭ މިސަރުކާރު ރާއްޖޭގެ ކަނޑުވިއްކާލައިގެން ކުރަނީ ވައްކަމޭ ރައީސް އިބޫ ކުރަނީ ކަނޑު ވިއްކައިގެން ލިބުނު ފައިސާ އިން ކެމްޕެއިނޭ ކަނޑުވިއްކާ ވަގުންނޭ ކަނޑުވިއްކާ ވަގުންނޭ ކަނޑުވިއްކާ ވަގުންނޭ ކަނޑުވިއްކާ ވަގުންނޭ ކަނޑުވިއްކާ ވަގުންނޭ ކަނޑުވިއްކާ ވަގުންނޭ ކަނޑުވިއްކާ ވަގުންނޭ ކަނޑުވިއްކާ ވަގުންނޭ ކަނޑުވިއްކާ ވަގުންނޭ ކަނޑުވިއްކާ ވަގުންނޭ ކަނޑުވިއްކާ ވަގުންނޭ ކަނޑުވިއްކާ ވަގުންނޭ ކަނޑުވިއްކާ ވަގުންނޭ ކަނޑުވިއްކާ ވަގުންނޭ ކަނޑުވިއްކާ ވަގުންނޭ ކަނޑުވިއްކާ ވަގުންނޭ ކަނޑުވިއްކާ ވަގުންނޭ ކަނޑުވިއްކާ ވަގުންނޭ