ޚަބަރު

އަޅުގަނޑުގެ ވެރިކަމެއްގައި 18 އަހަރުވެފައިވާ ކޮންމެ ރައްޔިތަކަށް 3،000 ރުފިޔާގެ ރޯދަ އެލަވަންސެއް ދޭނަން: ނާޒިމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ދަނގެތީ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ސަރުކާރެއްގެ އެންމެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި 18 އަހަރުވެފައިވާ ކޮންމެ ރައްޔިތަކަށް 3،000 ރުފިޔާގެ ރޯދަ އެލަވަންސެއް ކަށަވަރުކޮށްދޭނެ ކަމަށް ނާޒިމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ ސަރުކާރެއްގެ އެންމެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި އެކަނިވެރި ބެލެނިވެރިންނަށް ދޭ އިނާޔަތް 4000 ރުފިޔާއަށް ބޮޑުކޮށް، ވަކި މިންވަރަކަށް އާމްދަނީ ނުލިބޭ އެންމެހާ އާއިލާތަކަށް މާލީ އިނާޔަތެއް ފޯރުކޮށްދޭނެ ކަމަށެވެ.

އަދި އާންމު ބޭނުންތަކަށް ބޭނުންކުރާ ކޮތަޅުން ނަގާ 2 ރުފިޔާ
‏ކަނޑާލާނެ ކަމަށާއި ބޭސްފަރުވާއަށް ސަލާން ޖެހުން ނިމުމަކަށް ގެނެސް، ހެލްތް އިންޝުއަރަންސްގައި ހުރި ދަރަޖައިގެ ތަފާތުތައް ނައްތާލާނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

އިލެކްޝަންސްކޮމިޝަނުންނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަދުވަހުއެެވެ.

ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ފަރާތުން ނާޒިމް ވާދަކުރައްވާއިރު އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ ރައީސް ޞާލިޙެވެ. ޖުމްހޫރީ ޕާޓީ (ޖޭޕި)ގެ ޓިކެޓުގައި ވާދަކުރައްވަނީ ގާސިމް އިބްރާހިމްއެވެ. އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!